އެމްޑީޕީގެ އެއް ބާނީ މުހައްމަދު ލަތީފް (ގޯގޯ ލަތީފް).

ލަތީފްގެ ހަނދާނުގައި މަޖިލީހުގައި ތައުޒިޔާގެ ދަފްތަރެއް

ދަފްތަރުގައި ސޮއިކުރުމުގެ ކަންކަން މިއަދު ވެސް ރަސްމީ ގަޑީގައި ކުރިއަށްދާނެ

އެމްޑީޕީގެ އެއް ބާނީ އަދި ގދ. އަތޮޅުގެ މެންބަރުކަން ކުރެއްވި، މުހައްމަދު ލަތީފުގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ޑިމޮކްރަސީ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ލަތީފް އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހެވެ. އޭނާ ފަހުން ދިރިއުޅުއްވަމުން ގެންދެވީ އަވަށްޓެރި ސްރީ ލަންކާގަ އެވެ. އަދި އުޅުއްވީ އާލާސްކަންފުޅާ އެވެ.

ބުނީ ކީކޭ؟ - މަޖިލީހުގެ އިދާރާ އިން ބުނީ ލަތީފްގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރަން ހުޅުވާލީ އިއްޔެ ހަވީރު 4ގަ އެވެ. އެކަމަކު ސޮއިކުރުން ނިންމާލާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

ދަފްތަރުގައި ސޮއިކުރުމުގެ ކަންކަން މިއަދު ވެސް ރަސްމީ ގަޑީގައި ކުރިއަށްދާނެ ކަމަށް މަޖިލީހުން ބުންޏެވެ.

މުހައްމަދު ލަތީފުގެ ހަނދާނުގައި މަޖިލީހުގައި ހުޅުވާލި ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން މިހާރު ވެސް ދަނީ ކުރިއަށް. (ފޮޓޯ/މަޖިލިސް)

ތަފްސީލް - ލަތީފް އަވަހާރަވުމާ ގުޅިގެން އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ  މުހައްމަދު ނަޝީދު ވިދާޅުވީ ލަތީފަކީ ވަރަށް ހިތްހެޔޮ، ތެދުވެރި، ވަފާތެރި، ވިސްނުންތެރި އަދި އެހާމެ ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. އަދި ލަތީފަކީ ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވި ބައިވެރިއެއް ކަމަށް ވެސް ވިދާޅުވިއެވެ.

ލަތީފްގެ ތައާރަފެއް:

  • އެމްޑީޕީ އުފެއްދުމުގެ ކުރިން 1990 ވަނަ އަހަރު ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް އިސްލާހީ މަސައްކަތް ކުރައްވާފައި 

  • އެކަމާ ވިދިގެން އޭނާ ހައްޔަރުކުރުމުން މެންބަރުކަން ވެސް ދޫކޮށްލަން ޖެހިވަޑައިގަތް

  •  އޭގެ ފަހުން ސްރީ ލަންކާގައި އަމިއްލައަށް އަރުވާލެވިގެން ހުންނަވައި އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ފެއްޓެވި

  • ރާއްޖޭގެ އެންމެ ފުރަތަމަ ސިޔާސީ ޕާޓީ، އެމްޑީޕީ ރަޖިސްޓްރީ ކުރަން 2001 ވަނަ އަހަރު ސޮއިކުރި ބޭފުޅުންގެ ތެރޭގައި އެ މަނިކުފާނު ހިމެނިވަޑައިގަންނަވާ

  •  2008 ވަނަ އަހަރު އެމްޑީޕީއަށް ވެރިކަން ލިބުނު ފަހުން، އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު ލަތީފު ހުންނެވީ ސިޔާސީ ހަރަކާތްތަކާ ދުރުގައި

  • ލަތީފަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިއެއް ވެސްމެ

  • ލަތީފަކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްސަމަދު އަބްދުﷲގެ އެއްބަނޑު އެއްބަފާ ބޭފުޅެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް