ސޮލިޓެއާ އެޕާޓްމަންޓްތައް ހުންނާނެ ގޮތުގެ ހިޔާލީ ކުރެހުމެއް

އެޑްވަޓޯރިއަލް

ސޮލިޓެއާ: ހުޅުމާލޭގެ އެންމެ ތަފާތު، ޒަމާނީ އެޕާޓްމަންޓްތައް

20 ޖޫން 2022
3

ގްރޭޓާ މާލެ ސަރަހައްދުގައި ލަގްޒަރީ އެޕާޓްމަންޓްގެ ގިނަ މަޝްރޫއުތަކެއް ވޭތުވެދިޔަ އަހަރުތަކުގައި ވަނީ ތަރައްގީކޮށްފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ މަގުބޫލު ލަގްޒަރީ އެޕާޓްމަންޓްތައް ތަރައްގީކޮށްފައިވަނީ ހުޅުމާލޭގެ ފިތުރޯނު މަގުގަ އެވެ. ފިތުރޯނު މަގަކީ މަގުގެ ދެފަރާތުގައި ބޮޑެތި ހިޔާދޭ ގަސްތައް ހުރި ޖާގަ ތަނަވަސް މަގެކެވެ. ރާއްޖޭގައި އާއްމުކޮށް ނުފެންނަ ފަދަ ހިތްގައިމުކަމެއް ހުރި ފިތުރޯނު މަގަކީ ފޮޓޯ އަދި ވީޑިއޯ ނެގުމަށް އާންމުންގެ މެދުގައި މަގުބޫލު ލޮކޭޝަނަކަށް ވަނީ ވެފަ އެވެ.

ފިތުރޯނު މަގަކީ ދިރިއުޅުމަށް ވެސް ހަމަ އެހާމެ ފަސޭހަ ހިތްގައިމު ތަނެކެވެ. ފިތުރޯނު މަގުގައި ތާޒާ ތަރުކާރީ އާއި މޭވާގެ ލޯކަލް މާރުކޭޓަކާއި، 24 ގަޑިއިރު ހިދުމަތް ލިބޭ ޕެޓްރޯލް ޝެޑަކާއި ފިހާރަތަކާއި ބޭންކުގެ ހިދުމަތާއި އޭޓީއެމްތައް ވެސް ހުރެ އެވެ. އަދި ފެރީ ޓާމިނަލް ވެސް ހުންނަނީ ފިތުރޯނު މަގުގަ އެވެ.

އާރުސީސީ، ދަމާސް، ރެއިންބޯ އަދި ސެންޑަލް މޮރިޝަސް ފަދަ ކާމިޔާބު ރިއަލް އެސްޓޭޓް ކުންފުނިތަކުން ވެސް ފިތުރޯނު މަގުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ވަނީ ތަރައްގީކޮށްފަ އެވެ. ފިތުރޯނު މަގަކީ ލަގްޒަރީ ދިރިއުޅުމަކަށް ރާއްޖޭން އެންމެ އެކަށޭނަ އެޕާޓްމަންޓްތަކާއި ހިދުމަތްތައް ލިބެން ހުރި ތަނެވެ.

ސޮލިޓެއާ އެޕާޓްމަންޓްތައް ހުންނާނެ ގޮތުގެ ހިޔާލީ ކުރެހުމެއް

ފިތުރޯނު މަގުގައި މިފަހަކަށް އައިސް އިފްތިތާހުކޮށްފައިވާ އެންމެ ތަފާތު، ޒަމާނީ އަދި ލަގްޒަރީ އެޕާޓްމަންޓް މަޝްރޫއަކީ ސެންޑަލް މޮރިޝަސްއިން ތަރައްގީކޮށް ރެއިންބޯއިން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ސޮލިޓެއާ އެވެ.

ސެންޑަލް މޮރިޝަސްގެ ސޮލިޓެއާގެ އެޕާޓްމަންޓްތަކުގެ ބިންގާ އަޅާފައި ވަނީ މިދިޔަ ރޯދަމަސް ތެރޭގަ އެވެ. މި ހަފްލާގައި ގިނަ އަދަދެއްގެ ހިއްސާދާރުންނާއި މީޑިއާ އަދި ކަސްޓަމަރުން ބައިވެރިވެފައިވެ އެވެ.

ސޮލިޓެއާ އަކީ ރާއްޖޭގެ ހައުސިން މާކެޓުގައި ވިދާލާނެ މަގުބޫލު ފަރުމާއަކަށް ތަރައްގީކުރާ ތަނެކެވެ. ސޮލިޓެއާގައި 64 އެޕާޓްމަންޓާއި 4 ޕެންޓްހައުސް ހުންނާނެ އެވެ. ސޮލިޓެއާ ފަރުމާކޮށްފައިވަނީ ޒަމާނީ ގިނަ ވަސީލަތްތައް ހިމަނައިގެންނެވެ. ސޮލިޓެއާގައި އިންފިނިޓީ ޕޫލަކާއި ކަވަޑް ޑެކެއް އަދި ޒަމާނީ ފެންވަރުގެ ޖިމްއެއް ހުންނާނެ އެވެ. މީގެ އިތުރުން ޕޫލް ކުޅޭ ތަނަކާއި ޕާޓީތަކަށް އެކަށޭނަ ބުފޭ ސެޓްއަޕް ކުރެވޭނެ ސަރަހައްދަކާއި ހޯމް ތިއޭޓާ ސިސްޓަމެއް އެކުލެވޭ މުނިފޫހިފިލުވުމަށް ހާއްސަ ކްލަބްހައުސްއެއް ހުންނާނެ އެވެ. ސޮލިޓެއާގައި ކުޑަކުދިންގެ ޕޫލާއި ކުޅޭ ތަންތަން ވެސް ހުންނާނެ އެވެ.

ގިނަ ވަސީލަތްތަކާއެކު ރީތި ފަރުމާއަކަށް ތަރައްގީކުރާ ތަނަކަށް ބޭނުންވެފައިވާ މީހުންގެ މެދުގައި ސޮލިޓެއާ ވަނީ މަގުބޫލުކަން ހޯދާފަ އެވެ.

ކޮމެންޓް (3)

މާކެޓިން މެޓީރިއަލްސް

20 ޖޫން 2022
އާންމުކޮށް އަގު ނުޖަހާ މިގޮތަށް ލިޔެފައި ހުންނާނީ މާކެޓިން މެޓީރިއަލް. ހަބަރު ނޫނީ ރިޕޯޓްތަކުގައި އަގުވެސް ހުންނާނެ.
1 0

އައިރާ

20 ޖޫން 2022
އެންސިސް ކުދިން ހަދާ އައިރާގެ ހަބަރެއް ބަލާލަ ދީބަލަ
0 0

މުހައްމަދު

20 ޖޫން 2022
މީ ވަރަށް ސަޅިތަނެއް ދޯ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް