ރޯދަ 2022

ރަހަމީރު: ކަބްސާ

5 މޭ 2022

ރޯދަމަހަކީ މީރު ރަހަތަކުގެ މައްސަރެވެ. މުޅި ދުވަހު ނުކައި ތިބެފައި ރޯދަ ވީއްލާ ވަގުތަށް ތަފާތު މީރު ކެއުންތައް ތައްޔާރުކުރުމަކީ ދިވެހީންގެ ޒަމާންވީ ސަގާފަތެކެވެ. ރޯދަމަހާ އެކު ގިނަ ބަޔަކު އެންމެ ސަމާލުކަންދޭ އެއް ކަންތަކަކީ ވެސް ތަފާތު ރެސިޕީތައް އެއްކޮށް އާ ވައްތަރު ވައްތަރުގެ ކެއުންތައް ތައްޔާރުކުރުމެވެ.

އެހެންވެ 'ދައުރު' އިން މި ރޯދަ މަހު މި ގެނެސްދެނީ ތަފާތު ކެއުންތައް ތައްޔާރުކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯ ޝޯ އެކެވެ. 'ރަހަމީރު'ގެ ނަން ދީފައިވާ މި ޝޯ 'ދައުރު'ގެ ސޯޝަލް މީޑިއާ އިން ކޮންމެ ދެ ދުވަހުން އެއް ދުވަހު ލައިވްކުރާނެ އެވެ.

މި ޝޯގެ އެކްސްކްލޫސިވް ސްޕޮންސަރަކީ 'ހެޕީ މާކެޓް' އެވެ. އަދި 'ސީ ހައުސް' އިން ވެސް ޕާޓްނާވެ އެވެ.

މިއަދުގެ ރެސިޕީއަކީ ކަބްސާ އެވެ.

ބޭނުންވާނެ ތަކެތި:

  • 200 ގްރާމް ސީރާ ޗިކަން ތައި

  • 2 ސަމުސާ ފުން

  • 2 ސަމުސާ ސިނަމަން ޕައުޑަރު

  • 1 ސައިސަމުސާ ކިއުމިން ޕައުޑަރު

  • 1 ސައިސަމުސާ ކޮރިއެންޑާ ޕައުޑަރު

  • 1 ސައިސަމުސާ ޔެލޯ ޕައުޑަރު، ޗިލީ ޕައުޑަރު

  • 2 ސައިސަމުސާ ޕެޕްރިކާ ޕައުޑަރު

  • 2 ސައިސަމުސާ ފައިވް ސްޕައިސް ޕައުޑަރު

  • 2 ސައިސަމުސާ ލޮނު

  • 1 ސައިސަމުސާ އަސޭމިރުސް

  • 1 ބޭ ލީފް

  • 3 ކަރަންފޫ

  • 3 ކާފޫރު ތޮޅި

  • 1 ޖޯޑު ޓޮމާޓޯ ކޮށާފައި

  • 2 ޖޯޑު ފިޔާ ކޮށާފައި

  • 3 ލޮނުމެދު ކޮށާފައި

  • 10 ފޮތި ބަށި

  • 10 ފޮތި އަލުވި

  • 50 ގްރާމް ބެލްޕެޕާ ރިންގްކޮށް ކޮށާފައި

  • 300 އެމްއެލް ފެން

  • 2 ޖޯޑު ފޯޗިއޫން ބާސްމަތީ ހަނޑޫ

  • 100 އެމްއެލް ފޯޗިއޫން ސަންފްލާވާ ތެޔޮ

އިތުރު އާޓިކަލް

އިތުރު އާޓިކަލް