Majlis 2024

ރިލަޔަންސް ޖިއޯ އާ ގުޅިގެން އޯޝަން ކަނެކްޓް މޯލްޑިވްސްއިން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ސާވޭ ކުރާ "އޯޝަން ސާވޭޔާ" ބޯޓު. (ފޮޓޯ: އޯޝަން ކަނެކްޓް މޯލްޑިވްސް)

އީޕީއޭ

ސަރުކާރުގެ ސަބްމެރިން ކޭބަލްއަށް ސާވޭ ކުރަނިކޮށް ހުޅުމާލޭ ފަރަށް ގެއްލުންވެއްޖެ

ސާވޭ ކުރާ އޯޝަން ޝަން ސާވޭޔާ ބޯޓް ޖޫރިމަނާކޮށް 30 ދުވަސް ފައިސާ ދައްކަން ވަނީ ދީފައި

އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާ ގުޅިގެން ސަރުކާރުން ރާއްޖޭގައި އަޅަން މަސައްކަތް ކުރާ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ކުރުމުގެ ތެރޭގައި ހުޅުމާލޭގެ ފަރަށް ގެއްލުންތަކެއްވެ އެ މަސައްކަތް ކުރާ އުޅަނދު އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - ސަބްމެރިން ކޭބަލް އެޅުމުގެ ކުރިން ހަދާ ކަނޑުއަޑީގެ ސާވޭގެ މަސައްކަތް ކުރުމަށް "އޯޝަން ސާވޭޔާ" ނަމަކަށް ކިޔާ ބޯޓް ރާއްޖެ އައިސް ދިރާސާގެ މަސައްކަތް ފަށާފައި ވަނީ މާޗް 30 ވަނަ ދުވަހު އެވެ.

ތަފްސީލް - ކަނޑުއަޑިން ކޭބަލް އަޅާނެ މަގު ޗެކުކޮށް، އެ މަގުން ކޭބަލް އަޅާނެ ގޮތް ބެލުމަށް ސާވޭ ހެދުމުގެ މަސައްކަތް ކުރަމުން އައި "އޯޝަން ސާވޭޔާ" ޖޫރިމަނާ ކުރި ސަބަބެއް ކަމަށް އީޕީއޭއިން ބުނީ އެ ބޯޓުން ސާވޭ ހެދުމުގެ ގޮތުން ކަނޑު އަޑި ބަލަން ބޭނުން ކުރި ހައިޕެޕް ސިސްޓަމާއި ޔޫއެސްބީއެލް ޕޯލް އަދި ބޯޓުގެ މަލްޓިބީމް އިކޯސައުންޑަރު ހުޅުމާލޭގެ އިރުމަތީ ފަރާތު ފަރުގައި ޖެހުމުގެ ސަަބަބުން ފަރަށް ގެއްލުންވެފައި ވާތީ އެވެ. 

ރިލަޔަންސް ޖިއޯ އާ ގުޅިގެން އޯޝަން ކަނެކްޓް މޯލްޑިވްސްއިން ހިންގާ ސަބްމެރިން ކޭބަލް މަޝްރޫއުގެ ސާވޭ ކުރާ "އޯޝަން ސާވޭޔާ" ބޯޓު. (ފޮޓޯ: އޯޝަން ކަނެކްޓް މޯލްޑިވްސް)

އީޕީއޭއިން ބުނި ގޮތުގައި އޯޝަން ސާވޭޔާއިން އެޗްޕީއޭގެ ސަމާލުކަމަށް އެކަން ގެނައުމާ ގުޅިގެން އެމްއެންޑީއެފްގެ ޑައިވަރުންނާ އެކު ހެދި ދިރާސާތަކުން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 198,112.73ރ. އިން ބޯޓުގެ ވެރި ފަރާތް ވަނީ ޖޫރިމަނާކޮށްފަ އެވެ. އެގޮތުން އީޕީއޭއިން ބުނީ:

  • ފަރަށް ގެއްލުން ލިބުނީ އެޕްރީލް 1 ވަނަ ދުވަހު

  • 30 ދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކަން ވަނީ އަންގާފައި

  • އެ ފައިސާ ދައްކަން އެޗްޕީއޭއިން އެންގީ ރާއްޖެ އެޖެންޓް އެންޓްރެކް ހޯލްޑިންއަށް

  • ސާވޭގެ މަސައްކަތް ކުރުމަށް އެ ބޯޓު އަދިވެސް އޮތީ ރާއްޖޭގައި

އެނގުން މުހިންމު - އެނގުން މުހިންމު - މިހާރު ވެސް ރާއްޖޭގައި އޮންނަ މޯލްޑިވްސް-އައިއޭއެކްސް (އިންޑިއާ އޭޝިއާ އެކްސްޕްރެސް) ކޭބަލްއާ ގުޅުވާލާ އިތުރު ސަބްމެރިން ކޭބަލެއް އެޅުމާ ގުޅޭ އެއްބަސްވުމެއްގައި ސަރުކާރުގެ ކުންފުނި އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް)އިން ސޮއިކުރީ، 21 ފެބްރުއަރީ 2022 ގަ އެވެ.

މޯލްޑިވްސް - އައިއޭއެކްސް:

  • ރާއްޖެއަށް ކޭބަލް ގުޅާލެވޭނެ ކަމަށް ލަފާ ކުރެވެނީ ޖޫން 2023ގައި

  • ސްޕީޑު: ސިކުންތަކުގެ 100 ޖީބީ

  • ކެޕޭސިޓީ: ސިކުންތަކު 200 ޓީބީ

  • ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން މިހާރު އިންޓަނެޓް ގަންނަ އަގުތަކަށް ވުރެ ދަށް އަގުތަކުގައި އިންޓަނެޓް ފޯރުކޮށްދެވޭނެ

  • އިންޓަނެޓު ހިދުމަތުގެ ސްޕީޑު ހަލުވިވެ، އަގުތައް ކުޑަ ކުރެވޭނެވިޔަފާރީގެ އާ ފުރުސަތުތަކެއް (މިސާލަކަށް ޑޭޓާ އެކްސްޕޯޓު ކުރުމުގެ ވިޔަފާރި)

އިތުރު އާޓިކަލް

އިތުރު އާޓިކަލް