Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު 24 އޮކްޓޫބަރު 2021ގައި ބައްދަލުކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަކަށް ވިދާޅެއްނުވޭ: މަބްރޫކް

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ދެ ވަނަ ދައުރަކަށް ރައީސް ސޯލިހު ކުރިމަތިލައްވާނެ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް

ދެ ވަނަ ދައުރަކަށް ކުރިމަތިނުލައްވާނެ ކަމަށް އެއްވެސް ބޭފުޅެއްގެ އަރިހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ނުވާ ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - މަބުރޫކް އެގޮތަށް ވިދާޅުވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 'ދިވެހި ޗެނަލް'އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ސޯލިހުއާ ބެހޭ ގޮތުން ވިދާޅުވި ވާހަކަފުޅަށް އިޝާރަތްކުރައްވަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ކުރިމަތިލައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ޕްރައިމަރީއަށް އެމްޑީޕީ ތެރެއިން އެ މަނިކުފާނާއި ރައީސް ސޯލިހު ނޫން ބޭފުޅުން ވެސް ނުކުތުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށެވެ. އެކަމަކު ދެން ވިދާޅުވީ "ރައީސް ސޯލިހު ކުރިމަތިލައްވާނެ ކަމަކަށް ނުދެކެން" ކަމަށެވެ.

ކުރިން އެންމެ ގާތް އެއް ރަހުމަތްތެރިޔާގެ ގޮތުގައި ބެލެވުނު ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް ކުރިމަތިލައްވަފާނެ ކަމަށް ދެކެވަޑައިނުގަންނަވާ އިރު އޭގެ ސަބަބެއް ނަޝީދު ވިދާޅެއްނުވެ އެވެ. ވިދާޅުވީ ދެ ވަނަ ދައުރަކާ ގުޅިގެން ރައީސް މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/ މަޖިލިސް)

ބުނީ ކީކޭ؟ - ނަޝީދުގެ ވާހަކަފުޅާ ގުޅިގެން މަބުރޫކް ވިދާޅުވި ގޮތުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމާ ގުޅޭ ގޮތުން ރައީސް ސޯލިހު އެއްވެސް ނިންމެވުމެއް ނިންމަވާފައެއް ނުވެ އެވެ. 

"ކުރިމަތިނުލައްވާނެ ކަމަކަށް ވިދާޅެއް ނުވޭ އެއްވެސް ބޭފުޅެއްގެ ކައިރީގައި. އިންތިހާބާ މެދު ރައީސް ނިންމަވާ ގޮތެއް ރައީސް ހިއްސާކުރައްވާނީ ހުރިހާ ރައްޔިތުންނާ،" މަބްރޫކް ވިދާޅުވި އެވެ.

'ރައީސް ސޯލިހު ވަރަށް ވިސްނަވަން ޖެހޭ'

ނަޝީދު ވިދާޅުވީ މިހާރު އެމްޑީޕީ ތެރޭގައި ކުރިއަށްދަނީ 2023އަށް ތައްޔާރުވުމުގެ މަސައްކަތް ކަމަށެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ކޮބައިކަން ނިންމާނީ މެމްބަރުންގެ ވޯޓުން ކަމަށާއި އެ ނިންމުމަށް އެންމެން ވެސް އެއްބަސްވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ނަޝީދު ވިދާޅުވީ ޕްރައިމަރީއަށް ދާއިރު ރައީސް ސޯލިހު "ވަރަށް ވިސްނަވަން ޖެހޭނެ" ކަމަށެވެ. އެގޮތަށް ވިދާޅުވީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ރައީސް ސޯލިހު ވެރިކަން ކުރައްވާތީ އެވެ. ނަޝީދު ވިދާޅުވީ:

  • ކޯލިޝަން ސަރުކާރު ސަލާމަތް ކޮށްދެނީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެމްބަރުން ކަމަށް

  • އެކަމަކު ސަރުކާރުގެ %60 އޮތީ އެހެން ޕާޓީތަކުގެ އަތުގައި ކަމަށް

"ދެން ވިސްނަވާ ލައްވާ އެމްޑީޕީގެ މެމްބަރުން އެކަހެރިވާނެ ވަރު، ބާކީވާނެ މިންވަރު،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިފަދަ "ސްޓްރަކްޗަރަލް" މައްސަލަތަކުން ވެރިކަމާއި ސިޔާސީ ކަންކަމަށް އަބަދު ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓު ލައްވަން ރައީސް ސޯލިހު ދަރުމަވަންތަ ސްކޫލްގައި ( ފޮޓޯ/ރައީސް އޮފީސް)

"އެމްޑީޕީ މެމްބަރުން ބާކީވަމުން ދާތަން އަޅުގަނޑަށް އެބަ ފެނޭ. އެކަން އެހެން ހިނގައިގެނެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ. 

އެ މަނިކުފާނު ވަނީ ކޯލިޝަން ސަރުކާރާ ބެހޭ ގޮތުން އަބަދުވެސް ދައްކަވާ ވާހަކަފުޅުތައް ތަކުރާރުކުރައްވައިފަ އެވެ. އެގޮތުން އެއްވެސް ޕާޓީއަކަށް ރައްޔިތުންގެ އަގުލަބިއްޔަތު ނެތް އިރު އެންމެ %5 ރައްޔިތުންގެ ތާއީދު އޮންނަ ޕާޓީއަކަށް ވެސް ސަރުކާރުގެ %60 ލިބުމަކީ ވަރަށް ދޯހަޅި ކަމެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހު ދަށްކޮށްލަނީކަން ދޭހަވާ ގޮތަށް ވެސް ނަޝީދުގެ ބަސްމަގު ހުއްޓެވެ. އެގޮތުން 2018ގެ ކުރިން އޮތް ދެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ފުރަތަމަ ބުރުގައި މަގުބޫލުކަން ކުޑަ ދެ ބޭފުޅުންކަން ފާހަގަކުރެއްވި އެވެ.

"ދެހާސް އަށެއްގައި 23 ޕަސެންޓުން އަޅުގަނޑު. ދެހާސް ތޭރައިގައި 27 ޕަސެންޓުން ޔާމީން،" ނަޝީދު ވިދާޅުވި އެވެ.

"ދެހާސް އަށާރައިގައި އެއްވެސް ޕަސެންޓެއް ނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. އަޅުގަނޑުމެންގެ  ޕްރައިމަރީއެއް ވެސް ނެތި."

އެ ވާހަކަފުޅަށް ފަހު ދެން ތަކުރާރުކުރެއްވީ ރާއްޖެއަށް އެންމެ ރަނގަޅުވާނީ ބަރުލަމާނީ ނިޒާމެއް ކަމަށް އަބަދު ދައްކަވާ ވާހަކަފުޅެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް