Majlis 2024

މިލާނުގެ ތެއޯ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. (ފޮޓޯ/އޭސީ މިލާން)

އިޓާލިއަން ލީގު

މިލާން ލީގު ކާމިޔާބުކުރުމާ ފިޔަވަޅަކާ ގާތަށް

އެ ޓީމަށް ލީގު ހޯދަން ދެން ބޭނުންވަނީ އެންމެ ޕޮއިންޓެއް

އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން 2-0 އިން މޮޅުވެ އޭސީ މިލާނުން 11 އަހަރު ތެރޭ އިޓާލިއަން ލީގު ކާމިޔާބުކުރުމާ އެއް ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.

މިލާން އެއް ވަނައިގައި އޮތީ 83 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 81 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ.

އަންނަ ހަފުތާގައި ކުޅޭ ފަހު މެޗުން ސަސުއޮލޯ އަތުން ބަލިނުވެ ފަރުޖައްސާލައިފި ނަމަ މިލާނަށް ލީގު ލިބޭނެ އެވެ. އެ މެޗުން މިލާން ބަލިވި ނަމަވެސް، ދެ ވަނައިގައި އޮތް އިންޓަ އެ ދުވަހު ސަމްޕްޑޯރިއާ އަތުން މޮޅުނުވެއްޖެ ނަމަ ވެސް މިލާނަށް ލީގު ކަށަވަރުވާނެ އެވެ.

އިންޓަ އަށް ފުރުސަތު އޮތީ އެ ދުވަހު ސަސުއޮލޯ އަތުން މިލާން ބަލިވެ، ސަމްޕްޑޯރިއާ އަތުން މޮޅުވެގެންނެވެ.

އިންޓަ ވަނީ ރޭ ކަލިއާރީ އަތުން 3-1 އިން މޮޅުވެފަ އެވެ. ރޭ އެ ޓީމު ބަލި ނުވަތަ އެއްވަރުވި ނަމަ މިލާނަށް ލީގު ކަށަވަރުވީހެވެ.

ރޭ އެޓަލާންޓާ ކޮޅަށް މިލާނުގެ ފުރަތަމަ ގޯލް ޖެހީ 56 ވަނަ މިނެޓުގައި ރަފައެލް ލިއާއޯ އެވެ. ދެ ވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖެހީ ތެއޯ ހެނާންޑޭސް އެވެ. ވާތު ބެކަށް ކުޅޭ ތެއޯ މި ގޯލް ޖެހީ އަމިއްލަ ހާފު ތެރެއިން ލިބުނު ބޯޅަ ހިފައިގެން ކުރިއަރައި އެޓަލާންޓާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އެވެ.

ރަށުން ބޭރުގައި ކަލިއާރީއާ ދެކޮޅަށް އިންޓަ ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ދެ ގޯލް ޖަހައި ރަނގަޅު ލީޑެއް ނެގި އެވެ. ގޯލް ޖަހައިދިނީ މަޓެއޯ ޑާމައިން އާއި ލަޓާރޯ މާޓިނޭޒް އެވެ. އޭގެ ފަހުން ކަލިއާރީން ތަފާތު ކުޑަކުރި ނަމަވެސް މާޓިނޭޒް އިތުރު ލަނޑެއް ޖަހައި އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް