Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

މަހްލޫފް: ޔޯގާ ހަރަކާތް ހިންގި ތަނަށް ބަޔަކު ވަދެގަތީ މަހްލޫފް އެ ތަނުގައި ވާހަކަދައްކަވަން ހުންނަވަނިކޮށް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މި ފެނުނީ ބިރުވެރި މަންޒަރެއް؛ ރާއްޖެއަށް ގެއްލުން ބޮޑުވާނެ: މަހްލޫފް

މަހްލޫފް ވިދާޅުވީ ޔޯގާ ހަރަކާތާ ގުޅުވައި ހަމަނުޖެހުން ހިންގީ ޕީޕީއެމް އާއި ސަލަފް އިން ސިޔާސީ ބޭނުމެއްގައި ކަމަށް

މިއަދު ގަލޮޅު ދަނޑުގައި ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ސަރުކާރުގެ ވެރިން އަދި އާންމުން ބައިވެރިކޮށްގެން ބާއްވަން އުޅުނު ޔޯގާ ހަރަކާތް ހުއްޓުވަން ބަޔަކު ވަދެ، ހިންގި އަމަލަކީ ބިރުވެރި ކަމެއް ކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް ގިނަ ގެއްލުންތަކެއް ވާނެ ކަމަށް އެ ހަރަކާތް އިންތިޒާމް ކުރުމުގައި ހަރަކާތްތެރިވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު 6:30ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަން އޮތީ ރާވައިފަ އެވެ. އެ ހަރަކާތުގައި ބައިވެރިވާން ހުޅުވާލުމާ ގުޅިގެން ވެސް ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެ ހަރަކާތާ ދެކޮޅަށް ހިޔާލު ފާޅުކޮށްފަ އެވެ. އެގޮތުން:

  •  ޔޯގާ އަކީ އިސްލާމް ދީނާ ދުރު، ހިންދޫންގެ އަޅުކަމެއް ކަމަށް ބުނެ، ހަރުކަށި ފިކުރުގެ ބަޔަކު ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުން މީހުން ނުކުންނަން އިންޒާރު ދިން

  • އެ ތަނުގައި ޖަހާފައި ހުރި ގައުމީ ދިދަތައް ވެސް ހިމެނޭ ގޮތަށް ހުރި ދިދަތަކަށާއި ތަކެއްޗަށް ވެސް ގެއްލުން ދިން

  • ދަނޑު ކައިރިއަށް އެއްވި މީހުން ތިބީ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ހުދުކުލައިގެ ދިދަތަކެއް ހިފައިގެން

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)
ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން (ފޮޓޯ/އަލްހާރިޔަ)

ވީ ކިހިނެއް؟ - މިކަން ކުއްވެރިކޮށް، ޔޫތު މިނިސްޓަރު މަހްލޫފް ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ޔޯގާ ހަރަކާތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2014 އިން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެއް ކަމަށާއި އެކަން މިއަދު މައްސަލައަކަށް ހަދައިގެން އުޅެނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.

ތަފްސީލު - އޭނާ ވިދާޅުވީ، މިކަމުގެ އަޑީގައި ތިބީ އިދިކޮޅު ޕީޕީއެމް އާއި ދިނީ ހޭލުންތެރިކަން އިތުރުކުރުމުގެ ނަމުގައި ހަރަކާތްތެރިވާ ސަލަފް ޖަމިއްޔާ ކަމަށެވެ. އޭރު އެކަން ގޯސް ނުވެ، މިއަދު އެކަން ގޯސް ވެގެން އުޅެނީ، އޭނާ ވިދާޅުވި ގޮތުގައިމ ނާޖާއިޒު ފައިދާތަކެއް ނަގާށެވެ.

"މިއީ ވަރަށް ދެރަކޮށް، ގޯސްކޮށް ކުރި ކަމެއް. މީހުންނަށް ހަމަލާ ދީ، އަގުބޮޑު މުދާތަކަށް ގެއްލުންދީ [ހެދި]. އެއްގޮތަކަށް ވެސް މި ތަނުގައި މި ހިނގީ ދީނީ ކަމެއް ނޫން. އަޅުގަނޑުމެން ވެސް މި އައީ ފަތިސް ނަމާދުކޮށްގެން ކަސްރަތެއް ކުރަން ވެގެން،" 150 މީހުން ބައިވެރިވި އެ ހަރާކާތަށް ވަދެ ހިންގި ހަމަނުޖެހުމާ ގުޅިގެން މަހްލޫފް ވިދާޅުވި އެވެ.

"2014 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި، އިންޓަނޭޝަލް ޔޯގާ ޑޭ ފާހަގަކުރަން އދ.އަށް ހުށަހެޅި ރެސޮލިއުޝަނަށް ކޯސްޕޮންސާ ކުރި އެއް ގައުމަކީ ރާއްޖެ. އޭރުއްސުރެ ޔޯގާ އެބަ ހަދާ."

ދަނޑަށް ވަދެގަތް މީހުން ހުއްޓުވަން ފުލުހުން މަސައްކަތްކުރަނީ

"މީސްމީހުންގެ ގައިގައި ކޮޅުފައިން ޖަހާ، ފެންފުޅިން މީހުންގެ ގައިގައި ޖަހާ. ބޭރުގެ ބައެއް ޑޮޕްލޮމެޓުން ވެސް [ތިބި] މިއެއް ވެސް ނުބަލާ އެކަން އެ ކުރީ. މިއީ ވަރަށް އޭގެ ޑެމޭޖް ބޮޑުވާނެ ކަމެއް.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

މަހްލޫފް ވިދާޅުވީ، މި ހަރަކާތުގައި އެއްވެސް ކަހަލަ ދީނީ ހިލާފުކަމެއް ނުކުރާ ކަމަށާއި ހަރަކާތް ފެށީ ވެސް ގުރުއާން ކިޔެވުމަށް ފަހު ކަމަށެވެ. ދީނީ މީހުން ދީނީ ކަންކަމުގައި އުޅެ، ސިޔާސީ މީހުން އެކަމުގެ ތެރޭގައި ނޫޅުމަށް އިލްތިމާސް ކުރައްވަމުން މަހްލޫފް ވިދާޅުވީ، ސަލަފް ޖަމިއްޔާއަކީ "ވަރަށް އަޑި ނުބައިކޮށް، ފިތުނަ އުފައްދަން އުޅޭ ބައެއް"ކަން ހާމަވެއްޖެ ކަމަށެވެ.

"ސަލަފް ވެސް އެބައުޅޭ މިކަމުގައި. ސަލަފަށް ހަމައެކަނި މި ފެންނަނީ ވަކި ސަރުކާރެއް ނުނީ، ވަކި ބޭފުޅަކު ރައީސަކަށް ހުންނަ ގަޑީގައި ދެއްތޯ މިކަން. ސަލަފުގެ ލޯ އަނދިރިވެ ކަންފަތް ބީރުވެފައި ނޫންތޯ މި ހުރީ. ކުއްލިއަކަށް މި އަހަރު ޔޯގާ ހެދީމަ ދީނީ ކަމަކަށް މިވީ،" މިކަން ހިންގީ ކޮންބައެއްތޯ ޕްރެޒެންޓަރު ކުރި ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވި އެވެ.

"ސަލަފަކީ ޖަމިއްޔާއެކޭ ކިޔައިގެން ވެރިކަމަށް އަންނަން މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއް، ޒުވާން ކުދިންތަކެއް ގެނެސް އެ މީހުންގެ ދުވަސް ދުއްވާލަނީ."

2014 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި، އިންޓަނޭޝަލް ޔޯގާ ޑޭ ފާހަގަކުރަން އދ.އަށް ހުށަހެޅި ރެސޮލިއުޝަނަށް ކޯސްޕޮންސާ ކުރި އެއް ގައުމަކީ ރާއްޖެ. އޭރުއްސުރެ ޔޯގާ އެބަ ހަދާ.

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

މަހްލޫފް ވިދާޅުވީ ޔޯގާ އަކީ ސައުދީ އަރަބިއްޔާގައި ވެސް ކަރިކިއުލަމްގައި ހިމެނޭ ކަމެއް ކަމަށާއި އެއީ ދީނަކާ ގުޅިފައި އޮންނަ ކަމެއް ނޫން ކަމަށެވެ.

"މީސްމީހުންގެ ގައިގައި ކޮޅުފައިން ޖަހާ، ފެންފުޅިން މީހުންގެ ގައިގައި ޖަހާ. ބޭރުގެ ބައެއް ޑިޕްލޮމެޓުން ވެސް [ތިބި] މިއެއް ވެސް ނުބަލާ އެކަން އެ ކުރީ. މިއީ ވަރަށް އޭގެ ޑެމޭޖް ބޮޑުވާނެ ކަމެއް،" އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކޯޑިނޭޓަރާއި އެހެނިހެން ގައުމުތަކުގެ ސަފީރުން ވެސް ތިއްބެވިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވި އެެވެ.

އެނގުން މުހިންމު - މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު، މި ހަރަކާތާ ގުޅުގެން ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (2)

މުޙައްމަދު

21 ޖޫން 2022
ރަނގަޅު ވާހަކައެއް
0 0

ހިމާރުލްގައުމު

21 ޖޫން 2022
ކަލޭ ތިއީ ހަމަނުޖެހުމާ ޑެމޭޖާ މީހުންނަށް ގެއްލުން ދިނުމުގެ ވާހަކަ ދެއްކޭ ވަރުގެ އިންޓެގްރިޓީއެއް ހުރި މީހެއް ނޫން. ކަލޭ އިދިކޮޅުގަ ހުރެގެން ޖެއްސި ވައްތަރާ ބަސްމަގު ހަނދާން ކޮށްލާ. މިއަދު އެ ހިންގި ހަމަނުޖެހުމަށް އަހަރުމެން ތާއީދެއް ނުކުރަން އެކަމަކު.
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް