ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތުގައި (ފޮޓޯ/މަޖިލިސް)

ރަސްމީ ދަތުރުފުޅެއްގައި ނަޝީދު ސީޝެލްސްއަށް

ނަޝީދު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވަން ހަމަޖެހިފައިވޭ
22 ޖުލައި 2022

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުން ބުނީ ނަޝީދު މިއަދުން ފެށިގެން މި މަހުގެ 28ގެ ނިޔަލަށް ސީޝެލްސްއަށް ވަޑައިގަންނަވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރޮޖާ މަންސިއެންގެ ދައުވަތަކަށް ކަމަށެވެ.

މަޖިލީހުން ބުނި ގޮތުގައި:

  • އެމަނިކުފާނުގެ ދަތުރުފުޅުގައި ސީޝެލްސްގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވޭ

  • މަންސިއެންއާ އެކު ރަސްމީ ބައްދަލުވުމެއް ބާއްވަވާނެ

  • އެ ބައްދަލުވުމުގައި، ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވޭ

މަޖިލީހުން ބުނީ މަންސިއެންގެ ދައުވަތުގައި، ދެ ގައުމަކީ ވެސް ދާދި އެއްގޮތަކަށް އުފެދިފައިވާ ދެ ގައުމު ކަމާއި ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ވެސް ދާދި އެއްގޮތް ކަންތައްތަކެއްކަން ފާހަގަ ކުރެއްވި ކަމަށެވެ. އެހެންކަމުން ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެކުއެކީގައި މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި ކަމަށް މަޖިލީހުން ބުންޏެވެ.

އޭގެ އިތުރުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ދެ ގައުމުން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއައްސަސާތަކުގެ އެހީގައި ދެ ގައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތް ކުރުމުގެ ފުރުސަތުތައް ފަހިކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަ ކުރެއްވި ކަމަށް މަޖިލީހުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް