ޖުގް ޖުގް ޖިޔޯގެ ޕޯސްޓަރެއް

ބޮލީވުޑް

'ޖުގް ޖުގް ޖިޔޯ' ރިލީޒް ކުރުން އަންނަ މަހު

ފިލްމުގެ މުހިއްމު ރޯލުތަކުން ނީޓޫ ކަޕޫރު، ޗަރުން ދަވަން، ކިއާރާ އަދަވާނީ، އަނިލް ކަޕޫރު އަދި އިންޑިއާގެ މަޝްހޫރު ޔޫޓިއުބަރު/ކޮންޓެންޓު ކްރިއޭޓަރު ޕްރަޖަކްތާ ކޯލީ ގެ އިތުރުން މަނީޝް ޕޯލް ފެންނާނެ
14 މޭ 2022

ދަރްމާ ޕްރޮޑަކްޝަންގެ ބެނާގެ ދަށުން އުފައްދާފައިވާ ފިލްމު 'ޖުގް ޖުގް ޖިޔޯ' އަންނަ މަހުގެ 24 ގައި ރިލީޒް ކުރަން ނިންމައިފި އެވެ.

ނީޓޫ ކަޕޫރު، ޗަރުން ދަވަން، ކިއާރާ އަދުވާނީ، އަނިލް ކަޕޫރު އަދި އިންޑިއާގެ މަޝްހޫރު ޔޫޓިއުބަރު/ކޮންޓެންޓު ކްރިއޭޓަރު ޕްރަޖަކްތާ ކޯލީގެ އާއި މަނީޝް ޕޯލް މުހިއްމު ރޯލުތަކުން ފެންނަ މި ފިލްމުގެ ޕޯސްޓަރުތައް މިހާރު ވަނީ އާންމު ކޮށްފަ އެވެ.

'އަ ފެމިލީ ރީޔޫނިއަން - ފުލް އޮފް ސަޕްރައިޒަސް' ޝިއާރާ އެކު ޕްރޮމޯޓު ކުރަން ފަށާފައިވާ މި ފިލްމީ އާއިލީ މަޖާ ކަންތައްތަކެއް ފެންނާނެ ފިލްމެކެވެ.

ރަޖް މެހެތާ ޑައިރެކްޓު ކޮށްފައިވާ މި ފިލްމު ރިލީޒް ކުރަން ނިންމާފައިވަނީ ތިއޭޓަރުތަކުގަ އެވެ. މިއީ ޕްރަޖަކްތާ ސިލްވާ ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. އޭނާ ވަނީ މީގެ ކުރިން ވެބް ސީރީޒްތަކުގައި މަސައްކަތް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް