ކ. ކާށިދޫ. އެރަށު ފަޅުން ބައެއް ހިއްކައިގެން ރިސޯޓު ހަދަން ބީލަމަށް ވަނީ ހުޅުވާލާފައި

ޓޫރިޒަމް

ރިސޯޓް ހަދަން 15 ތަން ބިޑަށް؛ ފެށޭ އަގު ދެ ލައްކަ އާއި 2.3 މިލިއަން ޑޮލަރުގައި

އިއުލާން ކޮށްފައިވާ ތަންތަން އެންމެ ކުޑަ އަގުގައިވެސް ކުއްޔަށް ދެއްވިއްޖެ ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި 12.4 މިލިއަން ޑޮލަރު ލިބޭނޭ ކަމަށް ލަފާކުރެވޭ

ޓޫރިޒަމް ތަރަައްގީ ކުރަން އަލަށް ދޫކުރާ 15 ރަށާއި ފަޅަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީއިން މިއަދު އިއުލާންކޮށްފި އެވެ. 

ތަފްސީލް - ބިޑަށް ހުޅުވާލުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނުގައި ބިޑަށް ލާފައިވާ ތަންތަނުގެ ގޮތުގައި މިނިސްޓްރީގެ އިއުލާންގައި ހިމަނާފައި ވަނީ:

  • 1-

    ހއ . އަލިދުއްފަރުފިނޮޅު

  • 2-

    ހއ. މެދަފުށި

  • 3-

    ހދ. ކުޑަފަރުފަސްގަނޑު

  • 4-

    ރ. އެއްތިގިލި އަދި ރ. އަލިފުށީ ފަޅުން10 ހެކްޓަރު ހިއްކައިގެން

  • 5-

    ކ. ކާށިދޫ ފަޅުން ބައެއް

  • 6-

    މ. ބޯހުރާ

  • 7-

    ފ. ނިލަންދޫ ފަޅުން ސަރަހައްދެއް -1

  • 8-

    ފ. ނިލަންދޫ ފަޅުން ސަރަހައްދެއް -2

  • 9-

    ތ. އޮޅުފުށި (އޮޅުފުށި ފިނޮޅާއެކު)

  • 10-

    ތ. އޮޅުފުށި ފިނޮޅު

  • 11-

    ގއ. ބޭރުމައުއްޑޫ

  • 12-

    ގއ. ފުނަދޫވިލިގިއްޔާ

  • 13-

    ގދ. ހާދުއާ

  • 14-

    ގދ. ކަޅެހުއްޓާ

  • 15-

    ގދ. ފެރޭތަވިލިނގިލި ކައިރީގައިވާ އެހެން ރަށްތަކާ އެކު؛ އެ ރަށްތަކަކީ ދެކާނބާ، ކޮޑެރަޓާ އަދި އެހެން ކުޑަރަށެއް

ތަފްސީލް - ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި ހިމަނާފައިވާ ގޮތުގައި އެ ރަށްތަކުގެ އިކުއިޒިޝަން ކޮސްޓް ނުވަތަ ރަށް ލިބޭ ފަރާތުން ދައްކަން ޖެހޭ އަގުގެ ފެށޭ އަގު އުޅެނީ 200،000 ޑޮލަރާއި 2.3 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެގޮތުން:

  • ފެށޭ އަގު އެންމެ ބޮޑީ ފ. ނިލަންދޫ ފަޅުން ދޫކުރާ ޖުމްލަ 20 ހެކްޓަރުގެ ސަރަހައްދު؛ ފެށޭ އަގަކީ 2.3 މިލިއަން ޑޮލަރު

  • އެންމެ ކުޑަ އަގު ހދ. ކުޑަފަރުފަސްގަނޑު؛ 1.20 ހެކްޓަރުގެ އެ ރަށުގެ ފެށޭ އަގަކީ 200،000 ޑޮލަރު

އިއުލާން ކޮށްފައިވާ 15 ތަން އެންމެ ކުޑަ އަގުގައިވެސް ކުއްޔަށް ދެއްވިއްޖެ ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި 12.4 މިލިއަން ޑޮލަރު ލިބޭނޭ ކަމަށް ލަފާކުރެވެ އެވެ.

މި ރަށްތަކަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން ބާއްވަނީ އަންނަ ފެބްރުއަރީ 5 އަދި 6 ގެ ހެނދުނު 10 ޖަހާއިރު ޒޫމް މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑިތަކަކީ:

  • ހއ، ހދ، ރ އަދި ކ އަތޮޅުގެ ރަށްތަކަށް: 28 މާޗު ވާ އަންގާރަ ދުވަހުގެ ހެނދުނު10 

  • މ، ފ އަދި ތ އަތޮޅުގެ ރަށްތަކަށް: 29 މާޗު ވާ އަންގާރަ ދުވަހުގެ ހެނދުނު10

  • ގއ އަދި ގދ އަތޮޅުގެ ރަށްތަކަށް: 30 މާޗު ވާ އަންގާރަ ދުވަހުގެ ހެނދުނު10

މިނިސްޓްރީ އިން ބުނީ

  • މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 05 ފެބުރުއަރީ އަދި 2 މާޗުގެ މެންދުރު ކުރިން މިނިސްޓްރީގެ އީމެއިލް planning@tourism.gov.mv އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އަދި ފޯން ނަންބަރު އީމެއިލް ކުރުމަށް

  •  ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މި މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv)  އިން ލިބޭނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް