Majlis 2024

ފީފާ ވޯލްޑް ކަޕް ދެއްކުމުގެ އެއްބަސްވުމުގައި މީޑިއާނެޓާއި ޕީއެސްއެމުން ސޮއިކުރަނީ. (ފޮޓޯ/މީޑިއާނެޓް)

އެޑްވަޓޯރިއަލް

ޝަކުވާތައް ހުއްޓަސް މީޑިއާނެޓުން ދެނީ ފުރިހަމަ ކަވަރޭޖެއްގެ ޔަގީންކަން

ޓީވީންނާއި ފޯނުން ވެސް ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު މީޑިއާނެޓުން ވަނީ ހަމަޖައްސާފައި
25 ނޮވެމްބަރު 2022
2

މީޑިއާނެޓްގެ ހުރިހާ ހިދުމަތަކުން ވެސް ވޯލްޑް ކަޕް ބެލޭނެ އިންތިޒާމު ހަމަޖައްސައި މި ފަހަރުގެ ވޯލްޑް ކަޕްގެ ފުރިހަމަ ކަވަރޭޖެއް ދިވެހިންނާ ހަމައަށް ގެނެސްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި އެ ކުންފުނިން އިތުރު ޔަގީންކަމެއް ދީފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ގަނެފައިވާ މީޑިއާނެޓުން ވޯލްޑް ކަޕް މެޗުތައް އެ ކުންފުނީގެ ހުރިހާ ހިދުމަތްތަކުން ފެންނާނެވެ.

މީޑިއާނެޓްގެ ކޭބަލް ޓީވީގެ ހިދުމަތުގެ އިތުރުން، އެމްއެސް ޑިޖިޓަލް އެޕް އަދި އެމްއެސްލައިޓުން ފަސޭހަކަމާ އެކު ވޯލްޑް ކަޕްގެ މެޗުތައް ބަލާލެވޭނެ އެވެ. މި ދެ ހިދުމަތުން ވެސް މެޗުތައް ބަލާލުމަށް ޑީކޯޑަރެއް ބޭނުމެއް ނުވާނެ އެވެ.

ތަފްސީލު – އެމްއެސް ލައިޓުން މެޗުތައް ބެލުމަށް:

  • މީޑިއާނެޓް އެޕް ޓީވީއަށް އަޅައިގެން އެމްއެސް ލައިޓް މެދުވެރިކޮށް ކޮންމެ ޕެކޭޖަކުން ވެސް ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ފެންނާނެ 

  • އެމްއެސް ލައިޓުން މެޗު ބެލުމަށް ބޭނުންވާނީ އިންޓަނެޓް ކަނެކްޝަނަކާ އެކު ސްމާޓް އެންޑްރޮއިޑް އެލްޖީ ނުވަތަ ސެމްސަންގް ޓީވީއެއް

ފޯނުން މެޗުތައް ބެލުމަށް:

  • ވޯލްޑް ކަޕަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 150ރ.ގެ 'ވޯލްޑް ކަޕް ކޮމްބޯ' ޕެކޭޖް ނަގަން ޖެހޭނެ

  • ވޯލްޑް ކަޕްގެ ހުރިހާ މެޗެއް މީޑިއާނެޓްގެ އެޕްލިކޭޝަނުން މޮބައިލް ފޯނު ނުވަތަ ޓެބްލެޓުން ބަލާލެވޭނެ

"އަޅުގަނޑުމެން ވަރަށް ބޮޑު ހަރަދެއްކޮށްފައި ވޯލްޑް ކަޕްގެ ރައިޓްސް ގަތީ، ވީހާ ވެސް ފަސޭހައިން އާއްމުންނަށް މި ހިދުމަތް ފޯރުކޮށްދިނުމަށް. މިހާރު ކޮންމެ ތަނެއްގައި ހުރި ނަމަވެސް މެޗުތައް ފަސޭހަކަމާ އެކު ބަލާލެވޭނެ،" މީޑިއާނެޓްގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - މީޑިއާނެޓުން ވަނީ ވޯލްޑް ކަޕް ބެލުމުގެ ފޯރިގަދަކުރަން ކޮންމެ ހަފުތާއަކު 10,000ރ. ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަނުގައި މީޑިއާނެޓް ކަނެކްޝަނެއް ގަންނަ ކޮންމެ މީހަކަށް ބައިވެރިވެވޭނެ އެވެ.

އެނގުން މުހިއްމު - މީޑިއާނެޓަކީ ވޯލްޑް ކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރެވެ. އެހެންކަމުން، ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ބެލޭނީ:

  • 1-

    މީޑިއާނެޓްގެ އައިސް ނެޓްވޯކުގެ ޗެނަލްތަކުން 

  • 2-

    ރާއްޖެ ޓީވީ 

  • 3-

    ޔެސް ޓީވީ

ކޮމެންޓް (2)

ދެރަޗް

26 ނޮވެމްބަރު 2022
ތި އެމް އެސް އެޕް ތީ ފީކަޅާ އެޕެއް. 4ޖީ ކަނެކްޝަން ފޯނަށް ލިބޭ. ސްޕީޑް ވެސް 45އެމްބީޕީއެސް ލިބޭ. އެކަމް މީޑިއާނެޓް ގެ އެޕް އިންނަނީ ލޯޑިން އަރާފަ މެޗް ބަލަމުން ދާއިރު އިރު އިރު ކޮޅުން
0 0

ބްރެޒިލް ފޭން

26 ނޮވެމްބަރު 2022
ވަރަށް ސަޅި! އަހަރެމެން މަހަށް ގޮސް ތިބޭ އިރުވެސް ފޯނުން ވޯރލްޑް ކަޕް ބަލާލެވޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް