Majlis 2024

މިއީ މިދިޔަ 25 އަހަރު ތެރޭގައި އޮސްޓްރޭލިއާގައި ލޯންޗުކުރި ފުރަތަމަ ރޮކެޓު. (ފޮޓޯ/ ބީބީސީ)

އޮސްޓްރޭލިއާގެ ވިޔަފާރި ބަނދަރަކުން ނާސާގެ ޖައްވީ ރޮކެޓެއް ލޯންޗުކޮށްފި

ޖައްވީ ރޭހުގައި ބައިވެރިވެ އޮސްޓްރޭލިއާ އިން ވެސް ވަނީ މަސައްކަތްތައް ހަލުވިކޮށްފައި

ވިޔަފާރި އުސޫލުން ދޫކުރާ އެމެރިކާ އިން ބޭރުގެ ޖައްވީ ބަނދަރަކުން ނާސާ އިން ފުރަތަމަ ފަހަރަށް ރޮކެޓެއް ލޯންޗުކޮށްފި އެވެ.

މިދިޔަ 25 އަހަރު ތެރޭގައި އޮސްޓްރޭލިއާގައި ލޯންޗުކުރި ފުރަތަމަ ރޮކެޓު ނައްޓާލާފައި ވަނީ އެ ގައުމުގެ ނޮދަން ޓެރިޓަރީގެ ކޮޅުގައި މުޅިން އަލަށް ހަދާފައިވާ އާންހެމް ސްޕޭސް ސެންޓަރުންނެވެ. 

ނާސާގެ ރޮކެޓު ލޯންޗުކޮށްފައި ވަނީ އޮސްޓްރޭލިއާގެ އުތުރު ކޮޅުގައި އަލަށް ހަދާފައިވާ އާންހެމް ސްޕޭސް ސެންޓަރުން. (ފޮޓޯ/ ބީބީސީ)

މިއަދު ފަތިހު ލޯންޗު ކުރި މި ރޮކެޓާ އެކު ޖުމުލަ ތިން ރޮކެޓެއް އޮސްޓްރޭލިއާގެ އާންހެމް ސްޕޭސް ސެންޓަރުން ލޯންޗުކުރުމަށް ނާސާ އިން ވަނީ ނިންމާފަ އެވެ.  

ދުނިޔޭގެ ދެކުނު ހެމިސްފިއާގައި ހިންގާ އެސްޓްރޯފިޒިކްސްގެ ތަހުލީލުތައް ކުރުމަށް މިއަދު ލޯންޗުކުރި ރޮކެޓު މަގުފަހި ކޮށްދޭނެ ކަމަށް ނާސާއިން ވަނީ ބުނެފަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ޖައްވުގައިވާ ތަރިއެއްގެ އަލި އެޅިގެން ކައިރީގައިވާ ޕްލެނެޓުތަކުގައި ދިރުން އުފެދުމަށް ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމަށް ސައިންސްވެރިން އުއްމީދު ކުރެ އެވެ.

ވިޔަފާރި އުސޫލުން ފުރަތަމަ ފަހަރަށް އޮސްޓްރޭލިއާގައި ލޯންޗުކުރި ނާސާގެ ރޮކެޓާ ގުޅޭ. (ވީޑިއޯ/ 9 ނިއުސް އޮސްޓްރޭލިއާ)

ރަޝިޔާ އާއި ޗައިނާ އިން ޖައްވީ ކަންކަމަށް ދޭ ސަމާލުކަން އިތުރުވެފައި ވުމުގެ ސަބަބުން، އޮސްޓްރޭލިއާގެ ސަރުކާރުން ވެސް ވަނީ ފާއިތުވެދިޔަ މަދު އަހަރުތަކެއްގައި އެ ގައުމުގެ ޖައްވީ މަސައްކަތްތަކުގެ ސްޕީޑް މައްޗަށް ޖައްސާލާފަ އެވެ. އެގޮތުން، ނާސާގެ ރޮކެޓު މިއަދު ފަތިހު ލޯންޗުކުރި އާންހެމް ސްޕޭސް ސެންޓަރަކީ ވިޔަފާރި އުސޫލުން އިކުއެޓޯރިއަލް ރޮކެޓުތައް ލޯންޗުކުރުމުގެ ހިދުމަތް ދޭ ދުނިޔޭގެ ހަމައެކަނި ޖައްވީ ސެންޓަރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް