Majlis 2024

އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން ބޭއްވި ހާއްސަ ސްޓާފް ގެދަރިންގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

އަންހެނުންގެ ދުވަހު ދިރާގުން އާ ޖެންޑާ އެކްޝަން ޕްލޭނެއް އެކުލަވާލައިފި

މި ޕްލޭންގެ ބޭނުމަކީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، އަންހެނުން ބާރުވެރި ކުރުން

އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ދިރާގުން މުޅިން އާ ޖެންޑާ އެކްޝަން ޕްލޭނެއް އެކުލަވާލައިފި އެވެ.

ވީ ކިހިނެއް؟ - އަންހެނުން ދުވަހާ ގުޅިގެން މިއަދު ދިރާގު ހެޑް އޮފީހުގައި ހާއްސަ ސްޓާފް ގެދަރިންއެއް ވަނީ ބާއްވާފަ އެވެ.

އެ ގެދަރިންގައި ދިރާގުން އެކުލަވައިލި ޖެންޑާ އެކްޝަން ޕްލޭނާ ބެހޭ މައުލޫމާތު އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޝަރީފް ވަނީ މުވައްޒަފުންނާ ހިއްސާ ކުރައްވާފަ އެވެ.

ތަފްސީލު - އާ ޖެންޑާ ޕްލޭނުން މައިގަނޑު ތިން ކަމެއް ހާސިލުކުރަން ވަނީ އަމާޒު ހިފާފަ އެވެ. އެ ތިން ކަމަކީ:

  • ވަޒީފާގެ ފުރުސަތު

  • ޓެކްނިކަލް ފީލްޑުތަކުން ފުރުސަތު ދިނުން

  • މިހާރަށްވުރެ ފަހި މަސައްކަތުގެ މާހައުލެއް ގާއިމުކުރުން

މީގެ އިތުރުން 'ފްލެކްސިބަލް'ކޮށް މަސައްކަތް ކުރުމާއި ވަކި އޮނިގަނޑެއްގެ ދަށުން މީހުން ތަމްރީން ކުރުމާއި ޓެކްނިކަލް، މެނޭޖީރިއަލް ރޯލްތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމާ ގުޅޭ ގޮތުން ވެސް މުވައްޒަފުންނާ އެކު މިއަދު ވަނީ މަޝްވަރާ ކޮށްފަ އެވެ.

އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން މިއަދު ހާއްސަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދިރާގުގައި ވަޒީފާ އަދާކުރާ މައިންނަށް، އެމީހުންގެ ކުދިން މަސައްކަތުގެ މާހައުލަށް ގެނެސް، ކުރާ މަސައްކަތް ދައްކައިދީ، އޮފީހުގެ ޓުއާއެއް ވަނީ ދީފަ އެވެ. އަދި އެހެން މުވައްޒަފުންނާ ބައްދަލު ކުރުމުގެ އިތުރުން އެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ގޭމް ފަދަ ހަރަކާތްތައް ވެސް ހެޑް އޮފީހުގައި ވަނީ އިންތިޒާމުކޮށްފަ އެވެ.

އެނގުން މުހިންމު - ދިރާގުން ބުނާ ގޮތުގައި އެކުންފުންޏަކީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ފަހިިކޮށްދޭ ކުންފުންޏެކެވެ.

އެކަމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި ދިރާގުން ވަނީ 2019ގެ ތެރޭގައި ވިމެން އެމްޕަވަމަންޓް ކޮމެޓީއެއް ވެސް އެކުލަވާލާފަ އެވެ. އަދި މެޓާނިޓީ ލީވްއަށް ފަހު ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ހާއްސަކޮށްގެން މަދާސް ރޫމްގެ ނަމުގައި ހާއްސަ ތަނެއް، 2020ގެ ތެރޭގައި އެ ކުންފުނިން ވަނީ ގާއިމުކޮށްފަ އެވެ.

މީގެ އިތުރުން ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އެކި ފަރާތްތަކުން ކުރިއަށްގެންދާ ޕްރޮގްރާމުތަކަށް އެހީތެރިކަން ވެސް ފޯރުކޮށްދެ އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް