ރޯދަ މަހުގެ ފުރަތަމަ ދުވަހު މާލޭގައި މީހުން ސައިކަލު ބުރު ޖަހަނީ: މާލެއަށް ވުރެ ރަށްރަަށުން ކޮވިޑް ކޭސްތައް ފެންނަ އަދަދު އަދިވެސް އިތުރު. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ކޮވިޑް-19

ކޮވިޑަށް އަދިވެސް ގިނައިން ޕޮޒިޓިވްވަނީ އަތޮޅުތެރެއިން

މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި 655 މީހުންގެ ތެރެއިން 91 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުން

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއިން ކޮވިޑަށް 655 މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި އަދިވެސް ގިނައީ ރަށްރަށުން ޕޮޒިޓިވްވި މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. ކޮވިޑް ކޭސްތައް މަދުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިިދިޔަ މަހު އުވާލުމާ އެކު މިހާރު ކޮވިޑުގެ ތަފާސްހިސާބުތައް އާންމު ކުރަނީ ހަފްތާއަކު އެއް ފަހަރު އެވެ.

ތަފްސީލު - މިިދިޔަ ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮވިޑަށް ޕޮޒިޓިވި 655 މީހުންގެ ތެރެއިން 91 މީހުންނަކީ މާލެއިން ޕޮޒިޓިވްވި މީހުންނެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 19 ކޭސް އިތުރު އަދަދެކެވެ.

މިިދިޔަ ހަފްތާގައި ރަށްރަށުން ޕޮޒިޓިވްވެފައި ވަނީ:

  • 482 މީހުން

  • އެއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު އެއް ކޭސް އިތުރު އަދަދެއް

މިދިޔަ ހަފްތާގައި ދުވަހުން ދުވަހަށް ފެނުނު ކޭސްތަކުގެ އަދަދު

މިދިޔަ ހަފްތާގައި ޕޮޒިޓިވްވި މީހުންނާ އެކު ރާއްޖެއިން މިހާތަނަށް ޖުމްލަ 178،313 މީހަކަށް ވަނީ މި ބަލި ޖެހިފަ އެވެ. އޭގެ ތެރެއިން 298 މީހަކު ވަނީ މަރުވެފަ އެވެ.

ވެކްސިންގެ ތަފާސްހިސާބު:

  • ފުރަތަމަ ޑޯޒު - 398،539 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %88.02)

  • ދެ ވަނަ ޑޯޒު - 383،809 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %84.76)

  • ބޫސްޓާ ޑޯޒު - 157،295 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %34.74)

އިތުރު އާޓިކަލް

އިތުރު އާޓިކަލް