Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް: ދެ ބޭފުޅުން މިހާރު ތިއްބެވީ ދެ ފެކްޝަންގައި

ނަޝީދު އެ ހުންނެވީ ރީކޯ މޫސަ އެމްޑީޕީން ވަކިކުރި ހާލަތުގައި

ތްރީ ލައިން ވިޕާ ހިލާފުވާން އެމަނިކުފާނު ފާޅުގައި ވަނީ ގޮވާލައްވާފައި
14 ޖޫން 2022

މުހިންމު ނުކުތާތައް

ރީކޯ މޫސަ އެމްޑީޕީން ވަކިކުރީ ތްރީ ލައިން ވިޕާ ހިލާފަށް މަޖިލިހުގައި ވޯޓު ދެއްވުމުން

ނަޝީދު އެދިވަޑައިގަތުމަށް އެމްޑީޕީގެ 18 މެމްބަރަކު ވަނީ ނުކުންނަވާފައި

އަސްލަމްގެ ނަޒަރުގައި ވިޕާ ހިލާފުވުމަކީ މެމްބަރެއްގެ އެންމެ ހުތުރު އަމަލް

މީގެ ހަ އަހަރު ކުރިން އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ބެންޗުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ހުށައެޅި އެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި ތްރީ ލައިން ވިޕެއް ނެރުނެވެ. އެކަމަކު އެމްޑީޕީގެ އިސް މެމްބަރެއް ކަމަށްވާ އަދި އޭރު ހުޅުހެންވޭރު ދާއިރާގެ ރީކޯމޫސާ މަނިކު ވޯޓު ދެއްވީ، ޕީޕީއެމްގެ ހުށައެޅުމާ އެއްގޮތަށެވެ.

އޭގެ އަދަބަކީ، ނުވަތަ ތްރީ ލައިން ވިޕާ ދެކޮޅުވުމުގެ ނަތީޖާއަކަށް ވީ އެމްޑީޕީން އޭނާ ވަކިކުރުމެވެ. އޭރު މޫސަ ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމުގަ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެ ނިންމެވީ އެމްޑީޕީގެ ތްރީ ލައިން ވިޕާ އެ މަނިކުފާނު އެކަނި ހިލާފުވެވަޑައިގަންނަވާ ގޮތަކަށް ވެސް ނޫނެވެ؛ އެ އަމަލުގައި އެ މަނިކުފާނާ އެކު ބައިވެރިވެވަޑައިގަންނަވާނެ އެހެން މެމްބަރުންގެ ލިސްޓެއް ވެސް، ޕީޖީ ގްރޫޕްގައި، ހެއްދެވީ އެވެ. 

ޕީޖީ ގްރޫޕްގައި ނަޝީދު އެދިވަޑައިގަތީ ސަރުކާރުން ބޭނުންވާ ކޮންމެ ފަހަރަކު ތްރީ ލައިން ވިޕަށް އަމަލްކުރަން ބޭނުންނުވާ މެމްބަރުން އެ ގްރޫޕްގައި ނަން ނޯޓު ކުރެއްވުމަށެވެ. އެގޮތުން އެ މަނިކުފާނުގެ އެދިވަޑައިގަތުމަށް ނުކުންނެވީ؛

1- ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

2- ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله

3- މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ

4- ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ހަސަން ލަތީފް

5- ވިލުފުށީ ދާއިރާ މެންބަރު ހަސަން އަފީފް

6- މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް

7- ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް

8- ތޮއްޑޫ ދާއިރާ މެންބަރު ހަސަން ޝިޔާން

9- ވެލިދޫ ދާއިރާ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު

10- އުނގޫފާރު ދާއިރާ މެންބަރު މުހައްމަދު ވަހީދު

11- މައްޗަންގޮޅި އުތުރު ދާއިރާ މެންބަރު މުހައްމަދު ރަޝީދު 

12- މާފަންނު މެދު ދާއިރާ މެންބަރު އިބްރާހިމް ރަޝީދު

13- ފޮނަދޫ ދާއިރާ މެންބަރު މޫސާ ސިރާޖް

14- ހެންވޭރު އުތުރު ދާއިރާ މެންބަރު އިބްރާހިމް މުއިއްޒު

15- ބިލެއްދޫ ދާއިރާ މެންބަރު ދޮންބިލެތް އަހުމަދު ހަލީމް 

16- ގައްދޫ ދާއިރާ މެންބަރު އަހްމަދު ޒާހިރު

17- ފަރެސްމާތޮޑާ ދާއިރާ މެންބަރު ހުސައިން ފިރުޝާން

18- ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއިލް ނަސީމް

19- ކަނޑިތީމު ދާއިރާ މެންބަރު މުހައްމަދު ޝަހީމް

އެމްޑީޕީން މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯދީ 66 މެމްބަރުންނާ އެކުގަ އެވެ. އެކަމަކު ޕާޓީ ތެރޭގައި މި އުފެދުނު ބޮޑު ހަމަނުޖެހުމުގެ ސަބަބުން މިހާރު ސަރުކާރު ބޭނުންވާ ގޮތަށް ވޯޓު ދެއްވާނެކަމުގެ ޔަގީންކަން އޮތް މެމްބަރުންގެ އަދަދު މި ވަނީ 47 އަށް ވެއްޓިފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އޮތް އެމްޑީޕީގެ ބައިބައިވުން ރައްޔިތުންގެ މަޖިލިހުގެ ވޯޓާ ހަމައަށް ވެސް މިހާރު މިވަނީ ރަސްމީކޮށް ގޮސްފަ އެވެ. އަދި މިއީ ރީކޯ މޫސަ އޭރު ހުންނެވި ހާލަތަށް ނަޝީދު ވެސް ވެއްޓިވަޑައިގަތުމެވެ. ވިޕް ލައިނާ މޫސަ ހިލާފުވެވަޑައިގަތީ އެކަނިމާ އެކަންޏެވެ. ޕާޓީގެ އެހެން މެމްބަރަކު އެކަން ކުރައްވަން ފާޅުގައި އޭނާ އެދިވަޑައިގެންފައެއް ނުވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޕްރެސް ކޮންފަރެންސެއްގައި ރީކޯ މޫސާ މަނިކު (މ) ވާހަކަ ދައްކަވަނީ: އޭނާ ޕާޓީން ވަކިކުރީ ތްރީ ލައިން ވިޕާ ހިލާފުވެގެން

އެކަމަކު ނަޝީދު މިވަނީ ތްރީ ލައިން ވިޕާ ހިލާފުވެވަޑައިގަތުމަށް ގްރޫޕްގައި ފާޅުގައި އަންގަވައިފަ އެވެ. އެހެންކަމުން މީގެ ހަ އަހަރު ކުރިން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފެނުނު 'ދެތިން' މެމްބަރެއްގެ ހިލާފުވުން މި އޮތީ ރަސްމީ ސިފައެއްގައި، ބޮޑު ބައިބައިވުމަކަށް ވެފަ އެވެ.

ނަޝީދުގެ އަރިސް މެމްބަރެއް ކަމަށްވާ މާފަންނު މެދު ދާއިރާގެ އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވި ގޮތުން ނަމަ މަޖިލިހުގައި މިހާރު ސަރުކާރުގެ ސުޕަ މެޖޯރިޓީއެއް ވެސް ނޯންނާނެ އެވެ.

"ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭނުންވާ އަދަދަށް ދެން މެންބަރުން ހަމައެއް ނުވާނެ،" ނަޝީދުގެ އެދިވަޑައިގަތުމަށް ލިސްޓްގައި ނަން ނޯޓު ކުރެއްވުމަށް ފަހު 'ދައުރު'އާ ވާހަކަ ދައްކަވަމުން ރަޝީދު ވިދާޅުވި އެވެ.

ވިޕް ލައިނާ ޚިލާފްވިޔަސް މިކަލޭގެ [ނަޝީދު] ޕާޓީން ބޭރުނުކުރާތި ކޮންމެވެސް. ކުރީގެ ރައީސުންނަށް 3000 ހަމަވަނީ ވެސް ކިރިޔާ.

ރީކޯ މޫސާ މަނިކު އިއްޔެ ކުރެއްވި ޓްވީޓެއް

"ސަރުކާރުން ބުނާހާ ގޮތަކަށް ވޯޓު ދޭކަށް ބޭނުމެއް ނޫން." 

އެކަމަކު އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމަށް ނަޝީދު އެ ކުރެއްވީ ކޮން ކަހަލަ ކަމެއްކަން އެނގިވަޑައިގަނެ އެވެ. ރައީސް ސޯލިހުގެ ފަޅީގައި ހުންނެވި އަސްލަމް ސިފަކުރެއްވި ގޮތުގައި ސިޔާސީ ޕާޓީއެއްގައި ހުންނަ މީހެއްގެ "އެންމެ ކަމުނުދާނެ އަމަލަކަށް ވާނީ ވިޕް ލައިން ބްރޭކްކުރުމެ"ވެ.

"ޕާޓީގެ ވިޕްލައިން ބްރޭކްކުރުމަކީ، މެންބަރަކު ކުރާނެ އެންމެ ހުތުރު އަމަލު، އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް،" އަސްލަމް ވިދާޅުވި އެވެ.

މިއީ އެމްޑީޕީގެ ހަޔާތުގައި ވެސް މީގެ ކުރިން ކުރިމަތިވި ފަދަ މައްސަލައެއް ނޫނެވެ. އެކަމަކު ކުރީގެ ރައީސް ނަޝީދާއި މިހާރުގެ ރައީސް ސޯލިހުގެ ފެކްޝަނާ ދެމެދު އޮތް ހިލާފުތަކާއި އެ ބައެއްގެ ކޮޅަށް ޕާޓީގެ ހުރިހާ ބާރެއް އަނބުރާލަން ކުރާ މަސައްކަތާ އެކު ރާއްޖޭގެ 'އެންމެ ޑިމޮކްރެޓިކް ޕާޓީ'ގެ ތެރެއިން މިހާރު މި ފެންނަނީ 'އެންމެ އަންޑިމޮކްރެޓިކް' ސިފަތައް ކަމަށް، ބައެއް މެމްބަރުން ވެސް އެއްބަސްވެވަޑައިގަނެ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް: ޕާޓީގެ ތެރޭގައި ވަނީ ވަރަށް ބޮޑު ހިލާފުތަކެއް އުފެދިފައި (ފޮޓޯ/އެމްޑީޕީ)

ސުވާލަކީ ރީކޯ މޫސައަށް ހެދި ގޮތް، ނަޝީދާއި އެ މަނިކުފާނުގެ ކޮޅުގައި ތިއްބެވި މެމްބަރުންނާ ދެކޮޅަށް އެމްޑީޕީން ހަދާފާނެ ހެއްޔެވެ؟

ސަރުކާރުން އަންގާ ކޮންމެ ފަހަރަކު ވިޕް ލައިނާ އެއްގޮތަށް ވޯޓު ނުދޭން ބޭނުންވާ މެމްބަރުން ނަން ނޯޓު ކުރައްވަން އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ ތްރީ ލައިން ވިޕާ ހިލާފަށް ވޯޓު ލައްވަނީ ކީއްވެގެންކަން ޕާޓީގެ އާންމު މެމްބަރުންނަށް ސާފުވާނެ ކަމަށެވެ.

"އަޅުގަނޑު އުއްމީދުކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީ ތެރޭގައި އުފެދިގެން މި އުޅޭ ހަމަނުޖެހުން މިއަދު މޫސަ ބައްލަވަނީ ދުރުގައި ހުންނަވައިގެންނެވެ. އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައި މަލާމާތުގެ ގޮތަކަށް ނަޝީދަށް ރައްދެއް ވެސް ދެއްވި އެވެ.

"ޕާޓީ އަތުން ދޫވީމާ ވާނެ ހަތަރެތި ތި ވަނީ،" މޫސަގެ ޓްވީޓްގައި ވިދާޅުވި އެވެ.

"ވިޕް ލައިނާ ޚިލާފްވިޔަސް މިކަލޭގެ [ނަޝީދު] ޕާޓީން ބޭރުނުކުރާތި ކޮންމެވެސް. ކުރީގެ ރައީސުންނަށް 3000 ހަމަވަނީ ވެސް ކިރިޔާ."

ތިން ހާސް ހަމަވާ ވާހަކަ އޭނާ އެ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި ހެއްދެވި ސިޔާސީ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަށް 3،000 މެމްބަރުން ހަމަކުރެވުނީ ވެސް އިހަށް ދުވަހު ކަމަށް ވާތީ، އެކަމަށް އިޝާރަތްކުރައްވަ އެވެ.

ވިޕް ލައިންއާ ހިލާފްވެއްޖެ ނަމަ ފިޔަވަޅު އެޅުމުގެ ފުރުސަތު އެމްޑީޕީގެ އެތެރޭގައި އޮވެ އެވެ. އަސްލަމް ވިދާޅުވި ގޮތުގައި "ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދުގައިވާ ގޮތުން އެފަރާތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ" އެވެ.

އެކަމަކު އެމްޑީޕީން ނަޝީދު ވަކިކުރުމަކީ ރީކޯ މޫސަ އެ ޕާޓީން ބޭރުކުރުންހާ ފަސޭހަ ކަމެއް ނޫންކަން ޔަގީނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް