Majlis 2024

ބެސްޓް ބައި މޮބައިލްގެ ފިހާރައެއް. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ބެސްޓް ބައި މޮބައިލުން އީދަށް ގިނަ އުފެއްދުންތަކުގެ އަގުހެޔޮކޮށްފި

ބެސްޓް ބައި މޮބައިލްގެ އީދު ޕްރޮމޯޝަންގައި އެޕަލް، ސޮނީ އަދި ސެމްސަންގް ފަދަ މަގުބޫލު ބްރޭންޑްތަކުގެ އުފެއްދުންތަކުން ވަރަށް ބޮޑެތި ޑިސްކައުންޓުތަކެއް ލިބޭނެ

ބެސްޓް ބައި މޮބައިލް ފިހާރައިން ވިއްކާ ގިނަ އުފެއްދުންތަކަކުން، ފިތުރު އީދުގެ މުނާސަބަތުގައި ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފިތުރު އީދާ ދިމާކޮށް ބެސްޓް ބައިން ފެށި 'އީދު މުބާރިކް ޕްރޮމޯޝަން' ކުރިއަށްދާނީ މި މަހުގެ 10ގެ ނިޔަލަށެވެ.

ތަފްސީލް - މި ޕްރޮމޯޝަންގެ ދަށުން، ބެސްޓް ބައިން ވިއްކާ ސޮނީ، އެޕަލް، ސެމްސަންގް، ގޫގްލް އަދި ވަންޕްލަސް ބްރޭންޑްގެ އުފެއްދުންތައް އާންމުކޮށް ގަންނަން ލިބޭ އަގުތަކަށް ވުރެ ހެޔޮ އަގުތަކުގައި ލިބޭނެ އެވެ.

އެޕަލް

އީދު މުބާރިކް ޕްރޮމޯޝަންގައި އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯންގެ ތިން މޮޑެލް އާއި ކުރީގެ ބައެއް މޮޑެލްތައް ވެސް އަގުހެޔޮކޮށް ގަންނަން ލިބެ އެވެ. އަދި އެޕަލް ވޮޗްގެ ތަފާތު ހަތަރު ޖެނެރޭޝަންގެ އެކި ސައިޒްތަކުގެ ވޮޗު ހެޔޮ އަގުގައި ލިބޭނެ އެވެ.

  • އައިފޯން 13: 128ޖީބީ 15،999ރ.އަށް

  • އައިފޯން 13 ޕްރޯ: 128ޖީބީ 20،499ރ.އަށް؛ 256ޖީބީ 22،499ރ.އަށް

  • އައިފޯން 13 ޕްރޯ މެކްސް: 128ޖީބީ 22،499ރ.އަށް؛ 256ޖީބީ 24،499ރ.އަށް

  • އައިފޯން 11: 64ޖީބީ 11،499ރ.އަށް؛ 128 ޖީބީ12،499ރ.އަށް

  • އައިފޯން އެކްސްއާރު: 64ޖީބީ 10،999ރ.އަށް

  • އައިފޯން އެސްއީ 2020: 64ޖީބީ 8،499ރ.އަށް، 128 ޖީބީ 9،499ރ.އަށް

އައިފޯން 13 އެކި މޮޑެލްތައް ވިއްކާ އަގުތައް.
އެޕަލް ވޮޗްގެ އެކި ޖެނެރޭޝަންގެ ވޮޗުތައް އީދު މުބާރިކް ޕްރޮމޯޝަންގައި ލިބޭ އަގު.

ސޮނީ

  • ޕީއެސް5 ޑިސްކް ވާޝަން: 13،999ރ.

  • ޕީއެސް5 ޑިޖިޓަލް ވާޝަން: 13،499ރ.

  • ޕީއެސް5 ޑުއަލްސެންސް ވަޔަލެސް ކޮންޓްރޯލާ: 1،499ރ.

ޕީއެސް5 ގެ ދެ މޮޑެލް އާއި ކޮންޓްރޯލަރުގެ އިތުރުން، ޗާޖިން ޑޮކް، މީޑިއާ ރިމޯޓު އަދި ކެމެރާ ފަދަ ޕީއެސް5އާ އެކު ބޭނުން ކުރެވޭ ގެޖެޓުތަކުގެ އަގު ވެސް ވަނީ ހެޔޮކޮށްފަ އެވެ.

ބެސްޓް ބައިން ވިއްކާ ސޮނީގެ ބައެއް ޕްރޮޑަކްޓްތައް މިހާރު ކުރިއަށްދާ އީދު މުބާރިކް ޕްރޮމޯޝަންގައި ލިބޭ އަގުތައް.

ސެމްސަންގް

މި ޕްރޮމޯޝަންގައި، ބެސްޓް ބައިން ވިއްކާ ސެމްސަންގެ އެކި ފޯނުތަކާއި ގަޑިތައް ވެސް އަގުހެޔޮކޮށް ގަންނަން ލިބޭނެ އެވެ. އެގޮތުން، އެންމެ ފަހުން މާކެޓަށް ނެރުނު ސެމްސަންގް ގެލެކްސީގެ ފޯނުތައް މި ޕްރޮމޯޝަންގައި ގަންނަން ލިބޭ އަގުތަކަކީ:

  • އެސް22 5ޖީ - 8/128 ޖީބީ 15،499ރ.އަށް؛ 8/256 ޖީބީ 15،999ރ.އަށް

  • އެސް22 ޕްލަސް 5ޖީ - 8/128 ޖީބީ 17،499ރ.އަށް، 8/256 ޖީބީ 18،999ރ.އަށް

  • އެސް22 އަލްޓްރާ 5ޖީ - 8/128 ޖީބީ 20،999ރ.އަށް، 12/256 ޖީބީ 21،999ރ.އަށް

އޭގެ ކުރީގެ މޮޑެލްތަކުގެ އަގު ވެސް މި ޕްރޮމޯޝަންގެ ތެރޭގައި ވަރަށް ބޮޑަށް ވަނީ ހެޔޮކޮށްފަ އެވެ.

  • ގެލެކްސީ އެސް22 މޮޑެލްގެ ފޯނުތައް.
  • ސެމްސަންގް ގެލެކްސީގެ އެކި މޮޑެލްތައް.
  • ސެމްސަންގް އެސް21ގެ އެކި މޮޑެލްތައް.
  • ބެސްޓް ބައި އިން ވިއްކާ ސެމްސަންގް ގެލެކްސީ ވޮޗް 4 ސީރީޒްގެ އެކި މޮޑެލްތައް.

ސެމްސަންގްގެ އިތުރުން، އެ ނޫން ވެސް އެންޑްރޮއިޑް ބްރޭންޑްތަކުގެ ފޯނުތައް ބެސްޓް ބައިން ވިއްކަ އެވެ. އޭގެ ތެރޭގައި ވަންޕްލަސް، ރެޑްމީ އަދި ގޫގްލް ޕިކްސެލް ހިމެނެ އެވެ.

  • ރެޑްމީ 10ސީ
  • ވަންޕްލަސް 10 ޕްރޯ
  • ގޫގްލް ޕިކްސެލް

އެނގުން މުހިންމު - ބެސްޓް ބައިން ވިއްކާ އުފެއްދުންތައް އެކި އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ނެގޭނެ އެވެ. އޭގެ ތެރޭގައި:

  • ބީއެމްއެލް އީޒީ ޕޭ

  • ޕޮލްކޯ ސްކީމް

  • އެމްއައިބީ

  • ބީއެމްއެލް އިސްލާމިކް

  • އެމްއެފްއެލްސީ ލީސް އިޓް

ބެސްޓް ބައި މޮބައިލްގެ ދެ ފިހާރަ މާލޭގައި ހުރެ އެވެ. އެއީ:

  • މަޖީދީމަގު ބީއެމްއެލް ބްރާންޗު ކުރިމަތީގައި ހުންނަ ފިހާރަ

  • މާވެޔޮ މަގު ސިޓީ ބޭކަރީ ކުރިމަތީގައި ހުންނަ ފިހާރަ

ބެސްޓް ބައި މޮބައިލްއިން ގަންނަ މުދާ މާލެ، ހުޅުމާލެ އަދި އަތޮޅު ފެރީ/ބޯޓު ފަހަރާ ހަމައަށް ޑެލިވާ ކޮށްދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް