ހުސްނޫ އާއިލާގެ ގުޅުން

އާއިލާގެ ގުޅުން ހިފަހައްޓައިދޭ މީހަކީ މަންމަ ނާސިރާ މޫސާ؛ އޭނާގެ 7 ކުދިންނާއި 26 މާމަ ދަރިން އަދި 3 މުނިމާމަ ދަރިން އެބަ ތިބި
30 އޭޕްރީލު 2022

ވީލްޗެއާގައި އިން ނާސިރާ މޫސާ އޭރު ކުރަމުން ދިޔައީ ރިހަފޮޅި ހަދަން ފޮޅި އެޅުމުގެ މަސައްކަތެވެ. ގޭގެ ކާމޭޒު ދޮށުގައި އޭނާގެ އެންމެ ހަގު ދަރިފުޅު ފާތިމަތު ޒިހުނާ އާއި މާމަދަރިފުޅު އައިމިނަތު ޝަމާ މުހައްމަދު ރާޝިދު ތިބީ ހޮޓްޑޯގް ހަދާށެވެ.

"ނިމުމަކަށް މި އަންނަނީ މިހާރު،" މި ނޫހުގެ ލައިފްސްޓައިލް ލިއުންތެރިޔާ އައިޝާ އީމާން، އުނދުން ކައިރިއަށް ޖެހިލައި، ގަޔާވެގެން ބަލަން ފެށުމުން، ނާސިރާ، ހިނިތުންވެފައި ބުންޏެވެ.

"އަޅަން ވަރަށް އުނދަގޫ އެއްޗެއް،" އައިޝާ ބުނެލި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް