Majlis 2024
ބޯހިޔާވަހިކަން

ފަހި ދިރިއުޅުމުގެ ފްލެޓުތައް

ރައީސް ސޯލިހުގެ ބޯހިޔާވަހިކަމުގެ ވައުދު ފުދިގެން އަންނަނީ ދިވެހިންނަށް 'ހައްގު މިންވަރު' ލިބިގެން ކަމަށް މިހާރު ފެނުނު ނަމޫނާ ފްލެޓްތަކުން ދައްކައިދޭ
26 ޖެނުއަރީ 2023

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މާކެޓިން މެނޭޖަރު މުހައްމަދު އައްފާން (އަފޫ)އާ އެކު އަޅުގަނޑު ގޮސް އެ ފްލެޓަށް ވަނީމެވެ. ދޮރުން ފައި އަޅާފައި، އެ ތަނަވަސް ސިޓިން ރޫމަށް ނަޒަރެއް ދޫކޮށްލެވުނެވެ. އެއަށް ވުރެ ކުރިއަށް އިތުރު ފިޔަވަޅެއް އެޅުމުގެ ކުރިން އައްފާންއަށް އަޅުގަނޑު ބުނީމެވެ؛ "ދިވެހިންނަށް ހައްގު މިންވަރަކީ މިއީއޭ، މި އޮތް ހުރިހާ ދުވަހަކު އަހަރެން ކިޔަމުން މި އަންނަނީ، މިކަހަލަ ތަނަކަށެ"ވެ.

މި ދައްކާ ވާހަކަ އޮޅުވާނުލައި، އެހެން ގޮތަކަށް މާނަނުކޮށް، އިހަށް ކިޔާލުން އެދެމެވެ. ބޯހިޔާވަހިކަމުގައި 'ދިވެހިންނަށް ހައްގު މިންވަރު' ކަމަށް އަޅުގަނޑު މި ބުނަނީ ލަގުޒަރީ ފެންވަރަށް ފެތޭ، ބޮޑެތި ފްލެޓްތަކަކަށް ނޫނެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި އާއިލާއާ އެކު އުޅޭ މީހުންގެ އަދަދާއި އުޅޭ ގޮތަށް ބިނާކޮށް، އެ ދިރިއުޅުމަށް ފަސޭހަވާނެ ފަދަ ތަނެކެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން ނުވަތަ އެފްޑީސީއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގަމުން އަންނަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގައި، އާންމުންނަށް ފުރަތަމަ ދައްކާލި ތިން ކޮޓަރީގެ ދެ ފްލެޓުން ކުރަހާލަދިނީ އިޖުތިމާއީ ބޯހިޔާވަހިކަމުގެ އެހެން ސިފަތަކެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް