Majlis 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވީއައިއޭގެ އާ ޓާމިނަލްގައި ސްޕްރޭ ކުރަން ފަށާތީ، ޕާކުކުރާ މީހުން ސަމާލުވާން އެދިއްޖެ

އެ މަސައްކަތް ކުރާއިރު އެއާޕޯޓްގެ ޕާކިން ޒޯންގައި ހުންނަ ސައިކަލްތަކަށް ސްޕްރޭ ބުރައި ހަޑިވަމުންދޭ
16 ޖެނުއަރީ 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާ އާ ޓާމިނަލްގައި ސްޕްރޭއެއް ޖެހުމުގެ މަސައްކަތް ކުރަމުން އަންނާތީ، އެއާޕޯޓްގެ އެ ސަރަހައްދުގައި ސައިކަލް ޕާކުކުރާ ފަރާތްތަކުން ސަމާލުވާން، އެމްއޭސީއެލް އިން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވީއައިއޭގެ ކޯޕަރޭޓް ކޮމިޔުނިކޭޝަންސްގެ ޖެނެރަލް މޭނޭޖަރު ހަސަން އަރީފް 'ދައުރު'އަށް މިއަދު ވިދާޅުވީ އާ ޓާމިނަލް ހެދުމުގައި މިހާރު ކުރާ މަސައްކަތަކީ ޓާމިނަލްގެ ދަގަނޑު ސްޓްރަކްޗާ އަލިފާނުން ސަލާމަތްކުރުން ނުވަތަ ފަޔާ ޕްރޫފް ކުރުމުގެ މަސައްކަތް ކަމަށެވެ.

ތަފްސީލް - އޭނާ ވިދާޅުވީ:

  • އެކަމަށްޓަކައި ވަކި ހާއްސަ ކެމިކަލެއް ދަގަނޑު ސްޓްރަކްޗާއަށް މިހާރު އަންނަނީ ސްޕްރޭ ކުރަމުން

  • އެ މަސައްކަތް ކުރާއިރު އެއާޕޯޓްގެ ޕާކިން ޒޯންގައި ހުންނަ ސައިކަލްތަކަށް ސްޕްރޭ ބުރައި ހަޑިވޭ

"އެ މަސައްކަތް އެ ކުރަނީ ވެސް ނެޓް ޖަހައި ސްޕްރޭގެ އަސަރު ކުޑަވާނެ ގޮތަށް ބަލައިގެން. ނަމަވެސް ވައި ހުންނަ ގޮތުން ވަރަށް ބޮޑަށް ޕާކިން ޒޯންއާ ހަމައަށް ސްޕްރޭ ބުރައިގެން ގޮސް، ސައިކަލްތައް އެބަ ހަޑިވޭ،" ހަސަން ވިދާޅުވި އެވެ.

އެނގުން މުހިންމު - ސައުދީގެ ބިން ލާދިން ގްރޫޕުން ސަބް ކޮންޓްރެކްޓްކޮށްގެން ޗައިނާގެ ކުންފުންޏެއް ކަމަށްވާ، ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އިން ކުރިއަށް ގެންދާ އާ ޓާމިނަލް ހެދުމުގެ މަސައްކަތް މި ފަހުން މަޑުޖެހުނަސް އަނެއްކާވެސް ޓާމިނަލްގެ މަަސައްކަތް ބާރަށް ކުރިއަށް އެބަދެ އެވެ. ސީއެޗްސީއީސީ އަކީ، ޗައިނާ ކޮމިޔުނިކޭޝަން ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ހަަސަން ވިދާޅުވި ގޮތުގައި، އާ ޓާމިނަލްގައި މިހާރު އެންމެ ބޮޑަށް ކުރަނީ ފުރާޅު ހެދުމުގެ މަސައްކަތެވެ. އެއާ އެކުއެކީގައި އެތެރޭގެ ބައެއް ސްޓްރަކްޗާތަކުގެ މަސައްކަތް ވެސް ކުރިއަށް ދާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް