އަލަމްގީރު ފިރިހެނުންނާ އެކު އެއް ޖިންސުން ހިންގި ކަމަށް ބުނާ ވީޑިއޯތަކުގައި ފެންނަ ކޮޓަރި: އޭނާއާ އެކު ގްރޫޕު ހަދައިގެން ޖިންސީ ގުޅުން ހިންގި ކަމަށް ބުނާ ހޯމް މިނިސްޓްރީގެ މުވައްޒަފަކު ވަނީ ސަސްޕެންޑްކޮށްފައި.
ގްރޫޕު ހަދައިގެން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ހިމެނޭ ކަމަށް ބުނެ ރޭ ލީކުކޮށްލި ވީޑިއޯއިން ފެންނަ ކަމަށް ބުނާ ހޯމް މިނިސްޓްރީގެ މުވައްޒަފަކު މިއަދު ސަސްޕެންޑްކޮށްފި އެވެ.
ވީ ކިހިނެއް؟ - ލީކުވެފައި ވީޑިއޯތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ބަންގްލަދޭޝަށް ނިސްބަތްވާ އަލަމްގީރުއާ އެކު އިތުރު ދެ ފިރިހެނަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ލީކުކޮށްލާފަ އެވެ. އެ ވީޑިއޯއިން ފެންނަ އެކަކަކީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށް ތުހުމަތު ކުރެ އެވެ.
ތަފްސީލު - ހޯމް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަފްސީ އަބްދުﷲ މިއަދު 'ދައުރު'އަށް ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ އެ މިނިސްޓްރީގެ މުވައްޒަފު މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
އެ މުވައްޒަފު ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި ނަމަވެސް އޭނާއަކީ ކުޑަކުދިންނާ މުއާމަލާތް ކުރާ މުވައްޒަފެއް ނޫން ކަމަށް ހަފްސީ ވިދާޅުވި އެވެ.
"އެއީ ޑީޖޭޖޭގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފެއް،" ހަފްސީ ވިދާޅުވި އެވެ.
އޭނާ ސަސްޕެންޑް ކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނޫނެނެވެ.
ގުޅުންހުރި ކަމެއް - ރޭ ލީކުވި ވީޑިއޯއިން އަލަމްގީރުއާ އެކު ދެން ފެންނަ ފިރިހެން މީހާއަކީ ޓީޗަރެއް ކަމަށް ތުހުމަތު ކުރެވެ އެވެ. އޭނާ ވެސް މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ފަސްމަންޒަރު - އަލަމްގީރުއާ އެކު އެކި ދިވެހިން އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ގާތްގަނޑަކަށް ތިން ވީޑިއޯ މީގެ ކުރިން ލީކްވި އެވެ. އެ ވީޑިއޯތަކުން ފެންނަ ކަމަށް ބުނާ މީހުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކޮއްކޯފުޅު، ގާނޫނީ ވަކީލު ނާޒިމް ސައްތާރު
މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް)
ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި (ޑީއީޑީ) މަސައްކަތްކުރާ ފުލުހެއް ކަމަށްވާ އަބްދުއްރަހުމާނު ރަފީއު
ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު؛ އޭނާ ކަމަށް ބުނާ މީހާ ހިމެނޭ ވީޑިއޯގައި ފެންނަނީ އަލަމްގީރު ނޫން ކަމަށް ބުނޭ
ކޮމެންޓް