Majlis 2024

މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް ހަރަކާތުގެ ތެރެއިން (ފޮޓޯ/މީޑިއާނެޓު)

މީޑިއާނެޓް

މީޑިއާނެޓްގެ "އެމްއެސް ޑިޖިޓަލް" އިން ވޯލްޑް ކަޕް ފޯނުން ބަލާލެވޭނެ

20 ނޮވެމްބަރު 2022
1

ގަތަރުގައި މިއަދު ފެށި ފީފާ ވޯލްޑް ކަޕް، މީޑިއާނެޓުގެ އެޕްލިކޭޝަން 'އެމްއެސް ޑިޖިޓަލް' ބޭނުން ކޮށްގެން ފޯނުން ބެލޭ ޕެކޭޖެއް ތައާރަފުކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ނަގައިގެން އުޅޭ މީޑިއާނެޓުން ވޯލްޑް ކަޕް މެޗުތައް ބަލަން ޖެހެނީ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ "ވޯލްޑް ކަޕް ކޮމްބޯ"އަށް ސަބްސްކްރައިބް ކޮށްގެންނެވެ.

ތަފްސީލް - މި ޕެކޭޖު ބޭނުންކޮށްގެން 150ރ. ވޯލްޑް ކަޕްގެ ހުރިހާ މެޗެއް ބަލާލެވޭނެ އެވެ.

މި ޕެކޭޖުން، ވޯލްޑް ކަޕް މެޗުތަކުގެ އިތުރުން މީޑިއާނެޓުން ގެންގުޅޭ މުނިފޫހިފިލުވުމުގެ ޗެނަލްތަކާއި އަމިއްލަ ކޮންޓެންޓް ވެސް ބަލާލެވޭނެ އެވެ.

ވޯލްޑް ކަޕް ފެށުމުގެ ކުލަގަދަ ރަސްމިއްޔާތު

ގުޅުން ހުރި ކަމެއް - މީޑިއާނެޓުން ދަނީ ވޯލްޑް ކަޕް ބެލުމުގެ ފޯރިގަދަކުރަން މީޑިއާނެޓުން ކޮންމެ ހަފުތާއަކު 10,000ރ. ލިބޭ ޕްރޮމޯޝަނެއް ވެސް ފަށައިފ އެވެ. މި ޕްރޮމޯޝަނުގައި މީޑިއާނެޓް ކަނެކްޝަނެއް ގަންނަ ކޮންމެ މީހަކަށް ބައިވެރިވެވޭނެ އެވެ.

އެނގުން މުހިއްމު - މީޑިއާނެޓަކީ ވޯލްޑް ކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރެވެ. އެހެންކަމުން ރާއްޖޭގައި ވޯލްޑް ކަޕްގެ މެޗުތައް ބެލޭނީ މީޑިއާނެޓް މެދުވެރިކޮށް ނުވަތަ މީޑިއާނެޓާ ބައިވެރިވެފައިވާ ޗެނަލްތަކުން އެކަންޏެވެ.

ކޮމެންޓް (1)

ދިރާފޭން

20 ނޮވެމްބަރު 2022
ހުއްދަ އޮވޭތަ މަގުމަތީ ހުރެގެން ފޯނުން ބަލަން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް