Majlis 2024

އުތުރުގެ ރަށެއްގައި ކުޑަކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އިން ނަގާފައިވާ ސްކްރީންޝޮޓެއް

ކުޑަކުދިން

ކުޑަކުދިންތަކެއް ކުއްޖަކަށް އަނިޔާކުރި މައްސަލަ ބަލަން ފަށައިފި

ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އިން ވަނީ އަނިޔާކުރާ ތަން ފެންނަ ވީޑިއޯ ދައުރުކުރުން ހުއްޓާލަން އިލްތިމާސްކޮށްފައި

އުތުރުގެ ރަށެއްގައި ކުޑަކުދިންތަކެއް ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު އާއްމުވެ، ކަމާބެހޭ އިދާރާތަކުން އެ މައްސަލަ ބަލަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި މީހަކު އާއްމުކޮށްފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ރަށެއްގެ ވަލު ތެރޭ ކުއްޖަކު ބިންމައްޗަށް ވައްޓާލުމަށް ފަހު ދަނޑިގަނޑަކުންނާއި އަތުން އެ ކުއްޖާގެ ގައިގައި ތަޅައި އަނިޔާކުރެ އެވެ. 

އެ ކުއްޖާ ބާރަށް ރޯ އަޑު އެ ވީޑިއޯ އިން އިވެ އެވެ. މަންޒަރު ބެލުމަށް ވެސް އެ ތަނުގައި ކުދިންތަކެއް ތިބިއިރު، އަނިޔާ ލިބެމުންދިޔަ ކުއްޖާއާ ދިމާލަށް ހުތުރު ބަހުން އެއްޗެހި ގޮވާ އަޑު ވެސް އިވެ އެވެ. އަނިޔާ ލިބެމުންދިޔަ ކުއްޖާ ރައްދުގައި އެއްވެސް އެއްޗެއް ނުބުނެ އެވެ.

އަނިޔާ ލިބުނު ކުއްޖާ ވަލުތެރެއިން ނުކުމެގެން ދާން ފެށުމުން، އެ ކުއްޖާ ގާތު "އިހުސާސްތައް ކިހިނެއްތޯ؟" އަހާ އަޑު ވެސް އިވެ އެވެ. 

ބުނީ ކީކޭ؟ - ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް (ސީއެފްޕީއެސް) އިން ބުނިގޮތުގައި އެޑިއުކޭޝަން މިނިސްޓްރީ އާއި ރަށު ކައުންސިލާއި ރަށުގެ އިޖުތިމާއީ ބަދަހި މަދަދުވެރިންނާ ގުޅިގެން އެ މައްސަލަ ދަނީ ބަލަމުންނެވެ. ފުލުހުން ވެސް ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

ސީއެފްޕީއެސްގެ ޓްވީޓެއް

ސީއެފްޕީއެސް އިން ވަނީ އަނިޔާކުރާ ވީޑިއޯ ދައުރުކުރުން ހުއްޓާލަން އިލްތިމާސްކޮށްފަ އެވެ.

"ދައުރުވަމުންދާ ވީޑިއޯއަކީ ކުއްޖާއަށް ފަހުން ވެސް ނަފްސާނީ އަސަރު ކުރާނެ ވީޑިއޯ އަކަށް ވެފައި އަދި ކުއްޖާގެ ކަރާމާތަށް ގެއްލުންވާ ވީޑިއޯ އަކަށް ވުމުން މީސްމީޑިއާ އަދި އެހެނިހެން މަންސަތަކުގައި މި ވީޑިއޯ އާންމު ނުކުރަމަށް އިލްތިމާސްކުރަމެވެ،" ސީއެފްޕީއެސް އިން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ކޮމެންޓް (1)

މުޙައްމަދު

14 މޭ 2022
ބުލީކުރުން ހުއްޓުވަން ޖެހޭ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް