Majlis 2024

އަރްމާން އާއި އެޑް ޝީރަން

އަރްމާން މަލިކު

އަރްމާން އާއި އެޑް ޝީރަން އެންމެ ފަހުން ބައްދަލުވެއްޖެ

އެޑް ޝީރަންގެ '2 ސްޓެޕް'ގެ އާ ވާޝަނުގައި އަރްމާން ފީޗާކޮށްފައިވޭ
9 އޯގަސްޓު 2022

އިންޑިއާގެ ލަވަކިޔުންތެރިޔާ އަރްމާން މަލިކު މިފަހުން ވަނީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން އާއެކު ލަވައެއް ކިޔައިފަ އެވެ. އެ ދެ މީހުން އެކުގައި ލަވައެއް ކީ ނަމަވެސް އަރްމާން އާއި އޭނާގެ ފޭވަރިޓް ލަވަކިޔުންތެރިޔާ ޝީރަންއާ މީގެ ކުރިން ބައްދަލެއް ނުވެ އެވެ.

ނަމަވެސް ކޯޕަންހޭގަންގައި ބޭއްވި ކޮންސެޓެއްގެ ތެރެއިން އެންމެ ފަހުން ދެ މީހުން ވަނީ ބައްދަލުވެފަ އެވެ. އަރްމާން ހުރީ އެކަމާ ވަރަށް އުފަލުންނެވެ. ޝީރަން އާއެކު ނަގާފައިވާ ފޮޓޯ ޝެއާކޮށް، އަރްމާން ބުނީ އެންމެ ފަހުން އެޑްއާ ބައްދަލުވެ ވާހަކަ ދައްކާލެވިއްޖެ ކަމަށާއި އެއީ އޭނާ އަށް ވަރަށް ޖަޒުބާތީ ދުވަހެއް ކަމަށެވެ.

އަރްމާން ވަނީ އެޑް ޝީރަން އޭނާއާ ބައްދަލުކޮށް ވަގުތުކޮޅެއް ހުސްކޮށްދިނީތީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.

އެޑް ޝީރަންގެ '2 ސްޓެޕް'ގެ އާ ވާޝަނުގައި އަރްމާން ފީޗާކޮށްފައިވާއިރު އެ ލަވަ ރިލީޒް ކުރުމާ ދިމާކޮށް އަރުމާނު ބުނެފައިވަނީ ޝީރަންއާ އެކު މަސައްކަތް ކުރުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އޭނާ އަކީ ޝީރަންގެ ފޭނެއް ކަމަށާއި ޝީރަންގެ ލަވަތަކުގެ މިޔުޒިކާއި ލިރިކްސް ވެސް އަބަދުވެސް ވަރަށް ކަމުދާ ކަމަށް އޭރު އަރުމާން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް