އިންޓަޕޯލްގެ މައި އިދާރާގައި މަސައްކަތް ކުރުމަށް ފޮނުވާ ޗީފް އިންސްޕެކްޓަރު ރިލްވާން ޝަރީފް (ވ) އަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ލިޔުން ހަވާލުކޮށްދެއްވަނީ (ފޯޓޯ/ ޕޮލިސް)

ފުލުހުން

އިންޓަޕޯލް ހެޑްކުއާޓަރުގައި މަސައްކަތްކުރުމަށް ފޮނުވާ ދިވެހި ފުލުހަކަށް ޗީފް އިންސްޕެކްޓަރު ރިލްވާން

މިއީ ރާއްޖޭގެ ފުލުހަކު އިންޓަޕޯލްގައި މިގޮތަށް މަސައްކަތް ކުރާ ފުރަތަމަ ފަހަރު

ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ މައި މަރުކަޒުގައި މަސައްކަތް ކުރުމަށް ފޮނުވާ ދިވެހި ފުލުސް އޮފިސަރަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ލިޔުން މިއަދު ހަވާލުކޮދެއްވައިފި އެވެ.

ވީ ކިހިނެއް؟ -  އިންޓަޕޯލްގެ މައި މަރުކަޒުގައި މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރަކު ފުރަތަމަ ފަހަރަށް ފޮނުވާ ގޮތަށް ހަމަޖެއްސިކަން، މިދިޔަ އޮކްޓޯބަރު މަހު ހަމީދު ވަނީ އިއުލާންކުރައްވައިފަ އެވެ. 

ތަފްސީލު - ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިގޮތުގައި އިންޓަޕޯލްއަށް ދާނީ ޗީފް އިންސްޕެކްޓަރު ރިލްވާން ޝަރީފެވެ. އޭނާ ވިދާޅުވީ ރިލްވާން އަންނަ ޑިސެމްބަރު މަހުން ފެށިގެން ތިން އަހަރުގެ މުއްދަތަކަށް އެތަނުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހަމީދުގެ ޓްވީޓް

ހަމީދު ވިދާޅުވި ގޮތުގައި މިކަމުން ދައްކުވައިދެނީ، ބައިނަލްއަގުވާމީ ފުލުހުންގެ އިދާރާތަކާއި ދިވެހިން ފުލުހުންގެ ހިދުމަތާ އޮތް ގުޅުމާއި ބައިނަލްއަގުވަމީ ކުށްތަކާ ދެކޮޅަށް ފުލުހުން މަސައްކަތްކުރުމުގެ އަޒުމެވެ.

ފުލުހުންގެ އެހެން ވެރިން ވެސް ވަނީ މިއަދު ރިލްވާނަށް މަރުހަބާ ވިދާޅުވެ އޭނާއާ އެކު ގްރޫޕު ފޮޓޯއް ނަގާފަ އެވެ.

ހަމީދާއި ރިލްވާން (މ) ފުލުހުންގެ އެހެން ވެރިންނާ އެކު ފޮޓޯއަކަށް ހުއްޓިގެން

ފަސްމަންޒަރު - އެކި ގައުމުތަކުގެ ފުލުހުންގެ ހިދުމަތްތައް ގުޅިގެން މަސައްކަތްކުރުމަށް އުފައްދާފައިވާ އިންޓަޕޯލްއަކީ 195 މެމްބަރު ގައުމު ހިމެނޭ ޖަމާއަތެކެވެ. ރާއްޖެ އިންޓަޕޯލްގެ މެމްބަރަކަށް ވީ 4 ސެޕްޓެމްބަރު 1984ގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް