ދިރާގުގެ ފައިބަ އިންޓަނެޓާއި ޓީވީގެ ހިދުމަތް ކުރެންދޫގައި ތައާރަފުުކުރުމަށް އެ ރަށުގައި ބޭއްވި ހަރަކާތެއްގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ދިރާގުގެ ފައިބަ އިންޓަނެޓާއި ޓީވީގެ ހިދުމަތް ކުރެންދޫއަށް

ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ކުރެންދޫގައި ތައާރަފުކޮށްފައި ވަނީ އެ ރަށުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކަކާ އެކު

ދިރާގުގެ ފައިބާ ބްރޯޑްބޭންޑް އިންޓަނެޓާއި ދިރާގު ޓީވީގެ ހިދުމަތް ޅ. ކުރެންދޫގައި މިއަދު ތައާރަފުކޮށްފި އެވެ.

ތަފްސީލް - ދިރާގު ޓީވީ އާއި ފައިބާ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ކުރެންދޫގައި ތައާރަފުކޮށްފައި ވަނީ އެ ރަށުގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކަކާ އެކު އެވެ. އެގޮތުން:

  • ފައިބާ ބްރޯޑްބޭންޑް ޕެކޭޖަކަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަން ގުޅައިދީ، ރައުޓާ ވެސް ހިލޭ ދޭނެ

  • ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިލޭ ކަނެކްޝަން ގުޅައިދީ، ޑީކޯޑަރު ވެސް ހިލޭ ދޭނެ

އެނގުން މުހިންމު - ދިރާގުގެ ފައިބާ ނެޓްވޯކަކީ ރާއްޖޭގެ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެ ހިދުމަތް އާބާދީގެ %82 އަށް ފޯރުކޮށްދީފައި ވާއިރު، އޭގެ ތެރޭގައި 78 ރަށެއް ހިމެނެ އެވެ.

ދިރާގު ޓީވީން 100އަށް ވުރެ ގިނަ ޗެނަލް ދޫކުރާއިރު، ކޮންޓެންޓާއި ކޮލެޓީގެ ތަފާތު ކުރުމެއް ނެތި ރާއްޖޭގެ %82 ގޭބީސީއަށް ވަނީ އެ ހިދުމަތް ވެސް ފޯރުކޮށްދީފަ އެވެ.

ބުނީ ކީކޭ؟ - ދިރާގުން ބުނީ އެ ކުންފުނިން އަބަދު ވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން، އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް