ކަމީލާގެ އާ ލޯބިވެރިޔަކީ އޮސްޓިން

ޝޯން މެންޑޭޒްއާ އެކު އޮތް ލޯބީގެ ގުޅުން ނިންމާލިތާ ގާތްގަނޑަކަށް އަހަރެއް ފަހުން ކަމީލާ އާ ލޯބިވެރިއަކު ހޯދާފައިވާއިރު އޭނާ އޮސްޓިންއާ ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ
11 އޯގަސްޓު 2022

ލަވަކިޔުންތެރިޔާ ކަމީލާ ކަބޭއްޔޯގެ އާ ލޯބިވެރިޔަކީ އޮސްޓިން ކެވިޗް ކަމަށް ބުނެފި އެވެ.

ކަމީލާ އޮސްޓިންއާ ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަ ދެކެވޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ.

ޝޯން މެންޑޭޒްއާ އެކު އޮތް ލޯބީގެ ގުޅުން ނިންމާލިތާ ގާތްގަނޑަކަށް އަހަރެއް ފަހުން ކަމީލާ މިހާރު ވަނީ އޮސްޓިންއާ އަތުގުޅާލައިގެން ބޭރުތެރޭ އުޅެ، އެ ގުޅުމުގެ ވާހަކައަކީ ހަގީގަތެއްކަން ހާމަކޮށްފަ އެވެ.

ކަމީލާ އާއި އޮސްޓިން އެކުގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް މީގެ ކުރިން ވެސް މީޑިއާގައި ވަނީ އާންމުވެފަ އެވެ. މިދިޔަ ޖޫން މަހު ވެސް މި ދެ މީހުން އެކުގައި ބޭރުގައި އުޅެނިކޮށް ފެނިގެން މީހުން އެ ވާހަކަ ދައްކާފައިވެ އެވެ.

އޮސްޓިން އަކީ ޑޭޓިން ވެބްސައިޓެއްގެ ސީއީއޯ އެކެވެ. 

ގާތްގަނޑަކަށް ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ކަމީލާ އާއި ޝޯން ރުޅިވީ އެ ދެމެދުގައި އަބަދުވެސް އެކުވެރިކަން އޮންނާނެ ކަމަށް ބުނަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް