މީހަކު ޑޮލަރުތަކެއް ގުނަނީ. (ފޮޓޯ/ބީއެމްއެލް)

ކުށްކުރުން

ފުޅާ ދާއިރާއެއްގައި ވަގު ޑޮލަރުން ވިޔަފާރިކުރި 2 މީހަކު ހައްޔަރުކޮށްފި

ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް

ސައްހަ ނޫން ޑޮލަރުން ވިޔަފާރީގެ މުއާމަލާތްތައް ފުޅާ ދާއިރާއެއްގައި ކުރަމުންދިޔަ ކަމަށް ބެލެވޭ ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރޭގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށެވެ.

ތަފްސީލް - އެ އޮޕަރޭޝަނުގައި:

އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ މަގުމަތިން 

އެއީ 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއް

ބަންދާ މެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހާޒިރުކުރުމުން، އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ދީފައިވޭ

"އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މި މައްސަލަ ގެންދަނީ ތަހުގީގުކުރަމުން،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

ކޮމެންޓް

Placeholder

ކުށްކުރުން

ކުށްކުރުން