ސްޓެލްކޯގެ ޗެއާމަން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ. (ފޮޓޯ/ސްޓެލްކޯ)

ސްޓެލްކޯ

ސްޓެލްކޯގެ އާ ޗެއާމަން ގޮވާލެއްވީ ވިޔަފާރިއަށް ވުރެ ހިދުމަތް އިސްކުރަން

ސްޓެލްކޯއަށް 25 އަހަރު ފުރުން ފާހަގަކުރަން އަހަރީ ދުވަހުގެ ކޭކެއް ފަޅައި، ހެޑް އޮފީހާއި އިންޖީނުގެތައް ވަނީ ޒީނަތްތެރިކޮށްފައި

ވިޔަފާރިއަށް ވުރެ ބޮޑަށް އާންމުންނަށް ހިދުމަތް ދިނުން އިސްކުރަން ސްޓެލްކޯގެ ޗެއާމަން، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު އިލްތިމާސް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސްޓެލްކޯގެ 25 އަހަރު ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހާއްސަ ރަސްމިއްޔާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ވަނީ ބާއްވާފަ އެވެ.

ސްޓެލްކޯގެ އަހަރީ ދުވަހުގެ ކޭކު ފަޅުއްވައިދެއްވީ:

  • އެ ކުންފުނީގެ ބޯޑުގެ ޗެއާމަން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީ

  • މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް

  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަތީފް

  • ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު

ސްޓެލްކޯއަށް 25 އަހަރު ފުރުމާ ގުޅިގެން އަހަރީ ދުވަހުގެ ހާއްސަ ކޭކު ފެޅުން. (ފޮޓޯ/ސްޓެލްކޯ)

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިދިޔަ އަންގާރަ ދުވަހު ސްޓެލްކޯގެ ޗެއާމަންކަމަށް އަލަށް ހަމަޖެއްސި ދީދީ ވިދާޅުވީ، ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ވެސް އެންމެ ބޮޑަށް ވިސްނަން ޖެހޭނީ އެ ކުންފުނި، ރައްޔިތުންނަށް ހިދުމަތް ދޭ ކުންފުންނަކަށް ހެދުމަށް ކަމަށެވެ.

"[ސްޓެލްކޯ] އަކީ ރާއްޖޭގެ އެންމެ ފުންނާބު އުސް އެއް ކުންފުނި. އެހެން ނަމަވެސް މި ކުންފުންޏަކީ ވިޔަފާރި ކުންފުންޏަކަށް ވުރެ ބޮޑަށް، އަޅުގަނޑުމެން ހުރިހާ އެންމެންވެސް ވިސްނަންވީ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރަން އޮތް ކުންފުންޏެކޭ މިއީ،" އޭނާ ވިދާޅުވި އެވެ.

ތަފްސީލް - ދީދީ ވިދާޅުވީ ސްޓެލްކޯ އުފެއްދި ފަހުން އެކި މަރުހަލާތަކުގެ ތެރެއިން ބޮޑެތި ބަދަލުތަކެއް އައިސް، މިހާރު އެއީ ވަރަށް ފުރިހަމަވެފައިވާ ވަރުގަދަ ކުންފުންޏެއް ކަމަށެވެ.

"އަދިވެސް ދިވެހި ދައުލަތުން ބޭނުންވަނީ މި ކުންފުނިން ރައްޔިތުންނަށް ދޭ ހިދުމަތް އެއް ދުވަހުން އަނެއް ދުވަހަށް ފުޅާކޮށް، މިއަދަށްވުރެ އަދި މާ ރަނގަޅު ހިދުމަތްތަކަކަށް މާދަމާ ތައްޔާރުވުމަށް،" އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް. (ފޮޓޯ/ސްޓެލްކޯ)

"އަޅުގަނޑުގެ އިހުލާސްތެރި ނަސޭހަތަކީ ތިޔަ ބޭފުޅުންނަށް [ސްޓެލްކޯގެ މުވައްޒަފުންނަށް]، ރައްޔިތުންނަށް މި ހިދުމަތް ދިނުމުގައި އިހުލާސްތެރިވެވަޑައިގަންނަވާށެ، ހިތްވަރު ކުރައްވާށޭ، ތެދުވެރިވެވަޑައިގަންނަވާށޭ."

އެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވަނީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ކުންފުންޏަށް ހިދުމަތް ކުރި މީހުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އަތޮޅު ތެރޭގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް