Majlis 2024

ވެސްޓާން ޔޫނިއަން: ވެސްޓާން ޔޫނިއަނުން ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް މެދުކަނޑާލީ މީގެ ތިން ދުވަސް ކުރިން. (ފޮޓޯ/ވެސްޓާން ޔޫނިއަން)

ވެސްޓަން ޔޫނިއަންގެ ހިދުމަތް މެދުކަނޑާލީ ސިސްޓަމް އަޕްޑޭޓް ކުރަން؛ މާދަމާ އަލުން ފަށާނެ

ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް މެދުކަނޑާލީ އެމްއެމްއޭގެ މިންގަނޑާ އެއް ގޮތަށް ސިސްޓަމަށް ބަދަލުތަކެއް ގެނައުމަށް ކަމަށް ރާއްޖޭގެ އެޖެންޓް ބުނޭ
13 އޯގަސްޓު 2022

ވެސްޓާން ޔޫނިއަން މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް މެދުކަނޑާލީ ސިސްޓަމް އަޕްޑޭޓް ކުރުމަށް ކަމަށާއި މާދަމާ އެ ހިދުމަތް ދޭން އަލުން ފަށާނެ ކަމަށް، ވެސްޓާން ޔޫނިއަންގެ ރާއްޖޭގެ އެޖެންޓް މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ވެސްޓާން ޔޫނިއަނުން ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް މެދުކަނޑާލީ މީގެ ތިން ދުވަސް ކުރިންނެވެ. އެ ތަނުގެ ވެބްސައިޓުގައިވާ ނޯޓިސްއެއްގައިވާ ގޮތުން، ހިދުމަތް މެދުކަނޑާލީ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އެ ގޮތަށް އެންގުމުންނެވެ.

ބުނީ ކީކޭ؟ - ވެސްޓާން ޔޫނިއަންގެ ރާއްޖޭގެ އެޖެންޓް، ވިލާ ގްރޫޕުގެ ދަށުން ހިންގާ އައިލެންޑް ފައިނޭންޝަލް ސާވިސަސްގެ އޮފިޝަލަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ފައިސާ ޓްރާންސްފާ ކުރުމުގެ ހިދުމަތް މެދުކަނޑާލީ އެމްއެމްއޭގެ މިންގަނޑާ އެއް ގޮތަށް ސިސްޓަމަށް ބަދަލުތަކެއް ގެނައުމަށް ކަމަށެވެ.

"އަޅުގަނޑުމެން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު، އެތެރޭގެ އަޕްޑޭޓްތައް ތަންފީޒު ކުރެވެންދެން ރާއްޖޭގައި ހިންގާ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލީ،" އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އެ މަސައްކަތަށް ފަހު، ވެސްޓާން ޔޫނިއަން މެދުވެރިކޮށް ފައިސާ ޓްރާންސްފާކުރުމުގެ ހިދުމަތް މާދަމާ އަލުން ފަށާނެ ކަމަށެވެ.

ވެސްޓާން ޔޫނިއަން

  • މުޅި ދުނިޔޭގައި މާލީ ހިދުމަތްތައް ދޭ ކުންފުންޏެއް

  • ދުނިޔޭގެ 200އަށް ވުރެ ގައުމުގައި ވެސްޓާން ޔޫނިއަންގެ ހިދުމަތް ލިބޭ

  • ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވެސް ވެސްޓާން ޔޫނިއަން މެދުވެރިކޮށް އެކި ގައުމުތަކަށް ފައިސާ ފޮނުވުމުގެ މުއާމަލާތްތައް ކުރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް