Majlis 2024

ބްރައިޓަންގެ ފޯވަޑް ލެއަންޑްރޯ ޓްރޮސާޑް: އޭނާ އާސެނަލްއަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައި

އާސެނަލް

އާސެނަލް އިން ބްރައިޓަންގެ ޓްރޮސާޑް 25 މިލިއަން ޑޮަލަރަށް ގަނެފި

ކޯޗު އާޓެޓާ ބުނީ ޓީމަށް އަވަހަށް ހޭނުމުގެ ގާބިލްކަން ހުރި ކުޅުންތެރިޔަކު ލިބުމަކީ އޮތް ހަމަޖެހުމެއް ކަމަށް
21 ޖެނުއަރީ 2023

ރަނގަޅު ފޯވަޑެއް ހޯދުމުގެ މަސައްކަތުގައި އުޅެމުން އަންނަ އާސެނަލްއިން ޕްރިމިއަ ލީގުގެ ބްރައިޓަންގެ ބެލްޖިއަމް ފޯވަޑް ލެއަންޑްރޯ ޓްރޮސާޑް، 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ) އަށް ގަނެފި އެވެ.

ބްރެޒިލްގެ ފޯވަޑް ގެބްރީލް ޖީސަސްއަށް ވޯލްޑް ކަޕް ތެރޭގައި ލިބުނު އަނިޔާގެ ސަބަބުން ކުޅެން ނުކުންނަން އެތައް މަހެއް ވާނެތީ ހުސްކޮށް އޮތް އާސެނަލްގެ ފޯވަޑް ލައިން ވަރުގަދަކުރަން ޓްރޮސާޑް ހޯދީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި 28 އަހަރުގެ ކުޅުންތެރިޔާއަށް އިތުރު އެއް އަހަރަށް ކޮންޓްރެކް ދަންމާލުމުގެ ފުރުސަތު ވެސް ލިބެ އެވެ.

ޕްރިމިއަ ލީގުގައި ކުޅުނު 16 މެޗުގައި ޓްރޮސާޑް ވަނީ ބްރައިޓަންއަށް ހަތް ގޯލް ޖަހައިފަ އެވެ.

މި ވަގުތު ތާވަލްގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއްގައި އޮތް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ ޓްރޮސާޑަކީ ޕްރިމިއަ ލީގު އެނގޭ ކުޅުންތެރިއެއް ކަމަށެވެ.

އިއްޔެގެ ތަމްރީންތަކުގައި އޭނާ ވަނީ ބައިވެރިވެފަ އެވެ. އަދި މާދަމާ ރޭ މެންޗެސްޓަ ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅޭ މެޗަށް އޭނާއަށް އެރޭވަރުވާނެ ކަމަށް ވެސް، އާޓެޓާ ލަފާކުރެ އެވެ.

"އޭނާ ލިބުމަކީ އަހަރެމެންނަށް އޮތް އުފަލެއް،" އާޓެޓާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓީމަށް އަވަހަށް ހޭނުމުގެ ގާބިލްކަން ހުރި ކުޅުންތެރިޔަކު ލިބުމަކީ ޓީމަށް އޮތް ހަމަޖެހުމެއް ކަމަށެވެ.

"ޓްރޮސާޑަށް އަހަރެމެން ބަލަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. އެންމެ ފަހުން އޭނާ ލިބުމުގެ ވަގުތު އައިސް މި ޖެހުނީ،" އާޓެޓާ ބުންޏެވެ.

"އޭނާއަކީ ވަރަށް ވިސްނުން ތޫނު ކުޅުންތެރިއެއް."

އިތުރު އާޓިކަލް

އިތުރު އާޓިކަލް