Majlis 2024

ލ. ގަން އަދި ގދ. ގައްދޫގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ސްޕެއިންގެ އެޗްއޯއެމްޓީ އެސްޕަންޔާއާ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ހެލްތު މިނިސްޓްރީ)

ލ. ގަމާއި ގދ. ގައްދޫގައި ހޮސްޕިޓަލް އަޅަން ސްޕެއިން ކުންފުންޏަކަށް

ގަމުގައި ހޮސްޕިޓަލް އަޅަން 163.9 މިލިއަން ރުފިޔާ އަދި ގައްދޫގެ ހޮސްޕިޓަލަށް 43 މިލިއަން ރުފިޔާ ހަރަދުކުރާނެ
26 ޖެނުއަރީ 2023

ލ. ގަމުގައި ޒަމާނީ ފެންވަރުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށާއި ގދ. ގައްދޫގައި ހޮސްޕިޓަލެއް ތަރައްގީކުރުމަށް ސްޕެއިންގެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އެ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޕެއިންގެ އެޗްއޯއެމްޓީ އެސްޕަންޔާ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން:

  • ގަމުގައި އަޅަން ހަމަޖެހިފައިވަނީ ހުރިހާ ވަސީލަތްތަކެއް ހިމެނޭ، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ހޮސްޕިޓަލެއް

  • އެ ހޮސްޕިޓަލުން އެ ސަރަހައްދުގެ އާބާދީއަށް ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ފޯރުކޮށްދެވޭނެ

  • ގދ. ގައްދޫގައި ވެސް ހޮސްޕިޓަލެއް އަޅާނެ

ތަފްސީލް - މި މަޝްރޫއު ހަވާލުކޮށްފައިވާ އެޗްއޯއެމްޓީ އެސްޕަންޔާ އަކީ އުމްރާނީ ތަރައްގީގެ ބޮޑެތި މަސައްކަތްތައް ސަރުކާރުތަކަށާއި އަމިއްލަ ފަރާތްތަކަށް ކޮށްދޭ ކުންފުންޏެކެވެ.  

ދެ ހޮސްޕިޓަލް އަޅަން ސްޕެއިންގެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ކިހާ ވަރަކަށް ކަމެއް ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ. އަދި ގައްދޫގައި އަޅާ ހޮސްޕިޓަލާ ބެހޭ އިތުރު މައުލޫމާތެއް ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ނަމަވެސް، ސަރުކާރުން ބަލަހައްޓާ 'އައިލްސް' ވެބްސައިޓުގައިވާ ގޮތުން، ގަމުގައި އަޅާ ޓާޝަރީ ހޮސްޕިޓަލަށް:

  • ޖުމްލަ 163.9 މިލިއަން ރުފިޔާ ހަރަދުކުރާނެ

  • މި މަޝްރޫއަށް ހަރަދުކުރަނީ ޑޮޗޭ ބޭންކުގެ 48.2 މިލިއަން ރުފިޔާގެ ލޯނަކުންނާއި ސައުދީ ފަންޑުން ދިން 115.8 މިލިއަން ރުފިޔާގެ ލޯނަކުން

'އައިލްސް' ވެބްސައިޓުގައިވާ ގޮތުން، ގައްދޫގައި އަޅާ ޓާޝަރީ ހޮސްޕިޓަލަށް:

  • މި މަޝްރޫއަށް 43 މިލިއަން ރުފިޔާ ހަރަދުކުރާނެ

  • އެއީ ޑޮޗޭ ބޭންކުން ދިން 43 މިލިއަން ރުފިޔާގެ ލޯނަކުން

އެނގުން މުހިންމު - ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އޭގެ އިތުރުން، ގައްދޫ ހިމެނޭ ގޮތަށް 12 ރަށެއްގައި ވެސް އިތުރު ހޮސްޕިޓަލް އަޅަން ސަރުކާރުން ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް