Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ބަހުރެއިނުގެ ރީތީގެ ރާނީ އެވްލިން އަބްދުﷲ ހަލީފާ މިސް ޔުނިވާސްގެ ޕްރެލިމިނަރީ ބުރުގެ އީވްނިން ގައުންގެ ބައިގައި ބައިވެރިވަނީ

ފެޝަން

މިސް ބަހްރެއިން ބުރްކީނީއެއް ލައިގެން މިސް ޔުނިވާސްގައި ވާދަކޮށްފި

އެވްލިން އަބްދުﷲ ހަލީފާ ބުނިގޮތުގައި އޭނާ ދައްކައިދޭން ބޭނުންވީ މުސްލިމް އަންހެނުންނަށް ވެސް މިފަދަ މުބާރާތްތަކުގައި ވާދަކުރެވިދާނެކަން
20 ޖެނުއަރީ 2023

އެމެރިކާގެ ނިއު އޯލީންސްގައި މިދިޔަ ހަފުތާގައި ބޭއްވި 71 ވަނަ މިސް ޔުނިވާސް މުބާރާތުގައި 86 ގައުމަކުން ބައިވެރިވި އިރު އަރަބި ދެ ގައުމެއްގެ ރީތި ރާނީން ވެސް ހިމެނުނެވެ. އެއީ ބަހްރެއިންގެ އެވްލިން އަބްދުﷲ ހަލިފާ އާއި ލުބުނާނުގެ ޔާސްމީން ޒައިތޫން އެވެ. މިސް ޔުނިވާސް މުބާރާތުގެ ގަދަ 16 އަށް ނުހޮވުނު ކަމުގައިވިއަސް މި ދެ ގައުމު ތަމްސީލްކުރި ދެ ބައިވެރިންނަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

ބަހުރެއިނުގެ ރީތީގެ ރާނީ އެވްލިން އަބްދުﷲ ހަލީފާ މިސް ޔުނިވާސްގެ ޕްރެލިމިނަރީ ބުރުގެ ސްވިމްސޫޓް ބައިގައި ބުރްކީނީއެއް ލައިގެން

ދުނިޔޭގެ ބޮޑު ރީތީގެ މުބާރާތުގެ ޕްރެލިމިނަރީ ބުރުގެ ސްވިމްސޫޓް ބައިގައި މިސް ބަހްރެއިން އެވްލިން ލައިގެން ހުރީ ފިޔާތޮށި ކުލައިގެ ބުރްކީނީ އެކެވެ. ހުޅަނގުގެ ސްވިމްވެއާއާ ހިލާފަށް ނިވާކަން ބޮޑު ބުރްކީނީގައި އޭނާ ފެނުނީ މެސެޖަކާ ވެސް އެކުގަ އެވެ. އެ ހެދުމުގައި ހަރުކޮށްފައި ހުރި ފޮތިގަނޑެއްގައި އިނގިރޭސި ބަހުން ލިޔެފައި އޮތީ "އަރަބި އަންހެނުން ވެސް ތަމްސީލްވާން ޖެހޭ. މުސްލިމް އަންހެނަކަށް ވެސް މިސް ޔުނިވާސްއަށް ވެވިދާނެ" ކަމަށެވެ. އަދި އަރަބި ބަހުން "ހަމަހަމަކަން" ވެސް ޖަހާފައި އޮތެވެ.

މިސް ޔުނިވާސްގެ ޕްރެލިމިނަރީ ބައިގައި ބައިވެރިން ނިވާކަން ކުޑަ ސްވިމްވެއާ ލާކަށް މަޖުބޫރެއް ނުކުރެ އެވެ. 

"މިސް ޔުނިވާސް އޮގަނައިޒޭޝަނުން އަޅުގަނޑުމެންގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމުކުރޭ. އަދި ނިވާކަން ކުޑަ ހެދުމެއް ލާކަށް މަޖުބޫރެއް ނުކުރޭ. އެއީ އަޅުގަނޑަށް ވަރަށް ކަމުދާ ކަމެއް. އެހެންވެ އަޅުގަނޑު ލާން ގަސްދުކުރީ ބުރްކީނީއެއް. ބިކިނީ ލައިގެން ތިބި މީހުންނަށް އަޅުގަނޑު އިހުތިރާމު ކުރަން. ނިވާވާ ހެދުން ލައިގެން ތިބޭ އަންހެނުންނަކީ ވެސް ފަރި ބައެއްކަން ދައްކާލަން ބޭނުންވީ،" އެވްލިން ބުންޏެވެ.

ބަހުރެއިނުގެ ރީތީގެ ރާނީ އެވްލިން އަބްދުﷲ ހަލީފާ މިސް ޔުނިވާސްގެ ޕްރެލިމިނަރީ ބުރުގެ ސްވިމްސޫޓް ބައިގައި ބުރްކީނީއެއް ލައިގެން މެސެޖެއް ދެނީ

އެވްލިން، 24، ބުނިގޮތުގައި މި މުބާރާތުގައި ބައިވެރިވާން ފުރަތަމަ ޖެހިލުންވެ ހާސްވި އެވެ. އެއީ މިކަހަލަ މުބާރާތެއްގައި ބައިވެރިވުމުން އަންނާނެ އެކި ފާޑުކިޔުންތަކުގެ ސަބަބުންނެވެ. އެކަމަކު އަރަބި ގައުމުތަކުން އޭނައަށް ބޮޑު ސަޕޯޓެއް އޮވެ އެވެ. އަދި ގިނަ ޒުވާނުން އޭނާއަށް ތާއީދު ކުރާތީ އުއްމީދު އޮތް ކަމަށް އޭނާ ބުންޏެވެ.

އަރަބި އަންހެނުންނަކީ ހިތްވަރުގަދަ، ހިތްހެޔޮ އަދި އޯގާތެރި ބައެއްކަން ދައްކައިދޭން އެވްލިން ބޭނުންވެ އެވެ. އަދި މިކަހަލަ މުބާރާތްތަކުގައި މުސްލިމު އަންހެނުންނަށް ވެސް ބައިވެރިވެވޭނެކަން ދައްކައިދޭން ބޭނުންވި އެވެ.

ބަހުރެއިނުގެ ރީތީގެ ރާނީ އެވްލިން އަބްދުﷲ ހަލީފާ މިސް ޔުނިވާސްގެ ޕްރެލިމިނަރީ ބުރުގެ ސްވިމްސޫޓް ބައިގައި ބުރްކީނީއެއް ލައިގެން

ބަހްރެއިނުން ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ބައިވެރިވި އިރު ވެސް މި ގޮތަށް ތަފާތު ދެއްކި އެވެ. މިސް ބަހްރެއިންގެ ގޮތުގައި 2021 ގައި އެ ގައުމު ތަމްސީލްކުރި މަނާރް ނަދީމް ދިޔާނީ ސްވިމްސޫޓް ބައިގައި ވާދަކުރީ، އެކްޓިވްވެއާ ޖަމްޕްސޫޓަކުން، މުޅި ހަށިގަނޑު ނިވާކޮށްގެން ހުރެ އެވެ.

މަނާރްއަކީ މިސް ޔުނިވާސްގެ ތާރީހުގައި ވެސް، އެއްކޮށް ނިވާވެގެން ހުރެ ސްވިމްސޫޓް ބައިގައި ވާދަކުރި ފުރަތަމަ ބައިވެރިޔާ އެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވި ދެވަނަ މެދު އިރުމަތީ ގައުމު ކަމަށްވާ ލުބުނާންގެ ރީތީގެ ރާނީ ޔާސްމީން ޒައިތޫން ޕްރެލިމިނަރީ ބުރުގެ ސްވިމްވެއާ ބައިގައި ލައިގެން ހުރީ އޮރެންޖު ކުލައިގެ ސްވިމްސޫޓެކެވެ. އެ ގައުމުން ސްވިމްވެއާ ރައުންޑަށް ވަކި މިންގަނޑުތަކެއް ކަނޑައަޅާފައެއް ނެތެވެ. 

ލުބުނާންގެ ރީތީގެ ރާނީ ޔާސްމީން ޒައިތޫން މިސް ޔުނިވާސްގެ ޕްރެލިމިނަރީ ބުރުގެ ސްވިމްވެއާ ބައިގައި ވާދަކުރަނީ

މިސް ޔުނިވާސްގެ ޕްރެލިމިނަރީ ބުރުގެ އީވްނިން ގައުން ބައިގައި ހިތްގައިމު ހެދުންތަކެއް ފެނުނު އިރު މިސް ބަހްރެއިން ލައިގެން ހުރީ ރިހި ކުލައިގެ ވިދާ ހެދުމެކެވެ. އަދި އޭނާގެ ބޯ ނިވާވާ ގޮތަށް ދޫކޮށް ފޮތިކޮޅެއް ވެސް އަޅާފައި ހުއްޓެވެ. މި ހެދުން ފަރުމާ ކުރީ ފިލިޕީންސްގެ ޑިޒައިނަރެކެވެ.

މުބާރާތުގައި ގައުމީ ހެދުން ދައްކާލި ބައިގައި އެވްލިން ލީ ރަން ކުލައިގެ ދިގު ހެދުމެކެވެ. ރަންކުލަ ބޭނުންކުރީ ބަހްރެއިންގެ އުފާވެރިކަމާއި ރީތިކަން ރަމްޒުކޮށްދޭށެވެ. އެއީ، މެދު އިރުމަތީގެ އެންމެ ކުޑަ ގައުމު ކަމުގައިވިޔަސް ބަހްރެއިން އަކީ މުއްސަނދި ގައުމެއްކަން ދައްކައިދޭން ފަރުމާކުރި ހެދުމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް