ލަންޑަނުގެ ތަރުކާރީ ފިހާރައަކުން މީހަކު ވިޔަފާރި ކުރަނީ. (ފޮޓޯ/ ރޮއިޓާސް)

އިނިގރޭސިވިލާތް

އިނގިރޭސިވިލާތުގައި ކާބޯތަކެތީގެ އަގު %9.1 އުފުލިއްޖެ

އިނގިރޭސިވިލާތުގައި ކާބޯތަކެތީގެ އަގު 40 އަހަރު ކުރިއެކޭ އެއްވަރަށް މައްޗަށް ގޮސް، މިދިޔަ މަސް ނިމުނު އިރު އިންފްލޭޝަން %9.1 އުފުލިއްޖެ އެވެ. މިއީ ޖީ7ގެ ގައުމުތަކުގެ ތެރެއިން ދިރިއުޅުމުގެ ހަރަދުތައް އެންމެ މައްޗަށް ދިޔަ ގައުމެވެ.

ރޮއިޓާސްގެ ހިސާބުތައް ދައްކާ ގޮތުން އެޕްރީލް މަހު އެ ގައުމުގެ އިންފްލޭޝަން ހުރީ %9ގަ އެވެ. އިނގިރޭސިވިލާތުގެ ތަފާސްހިސާބުތަކާ ބެހޭ އޮފީހުގެ ހޯދުންތަކުން ދައްކާ ގޮތުގައި އެ ގައުމުގެ މިދިޔަ މަހުގެ އިންފްލޭޝަން ވަނީ މާޗު 1982ގައި ހުރި ވަރަށް މައްޗަށް ގޮސްފަ އެވެ. އަދިވެސް އިތުރަށް އިންފްލޭޝަން މައްޗަށް ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

އިނގިރޭސި ޕައުންޑްގެ އަގު ވަނީ، ޑޮލަރާ އަޅާ ބަލާ އިރު، އެންމެ ދަށަށް ދިޔަ ފައިސާ ކަމަށްވެ، ޕައުންޑަކަށް 1.22 ޑޮލަރަށް ޖެހޭ ވަރަށް ވެއްޓިފަ އެވެ. އެއީ %6. ދަށްވުމެކެވެ.

ބައެއް އިންވެސްޓަރުން ލަފާ ކުރާ ގޮތުގައި އިންފްލޭޝަން އެންމެ މައްޗަށް ދާ ގައުމަކަށް އިނގިރޭސިވިލާތްވެ، ތަދުމަޑުކަމަކާ ކުރިމަތިލާން ޖެހޭނެ ގައުމަކީ ވެސް އިނގިރޭސިވިލާތެވެ. އެއީ އިމްޕޯޓް ކުރާ ތެލުގެ އަގުތައް ބޮޑުވެ އަދި އިނގިރޭސިވިލާތް ޔޫރަޕުން ވަކިވުމުގެ މައްސަލަތަކާ ގުޅިގެން ޔޫރަޕިއަން ޔޫނިއަންގެ ގައުމުތަކާ ވިޔަފާރި ކުރުމަށް ހުރި ގޮންޖެހުންތަކާ ގުޅިގެންނެވެ.

އިނގިރޭސިވިލާތުގެ މިދިޔަ މަހުގެ އިންފްލޭޝަން ހުރީ އެމެރިކާ، ފްރާންސް، ޖަރުމަނު އަދި އިޓަލީއަށް ވުރެ މަތީގަ އެވެ.

ބޭންކް އޮފް އިންގްލެންޑުން މިދިޔަ ހަފުތާގައި ބުނީ، ކުރިއަށް ހުރި މަސްތަކުގައި އިންފްލޭޝަން ހުންނާނީ %9ގައި ކަމަށެވެ. އަދި އޮކްޓޯބަރު މަހު އިންފްލޭޝަން އެންމެ މައްޗަށް ގޮސް، %11އަށް އަރާނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އަދި އާންމު ގެތަކުގެ ކަރަންޓް ބިލްތައް އަދި ވެސް މައްޗަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް