Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ގަތަރު ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް އާޖެންޓީނާ ގެންގޮސްދޭން ލިއޮނެލް މެސީ އޮސްޓްރޭލިޔާ ކޮޅަށް ލަނޑު ޖަހަނީ

މެސީގެ ސާސްކަފު މެޗުން އާޖެންޓީނާ މޮޅުކޮށްދީ ކްއާޓާ ފައިނަލަށް

މިއީ ވޯލްޑް ކަޕެއްގެ ނޮކްއައުޓް މެޗެއްގައި މިހާތަނަށް މެސީ ޖެހި ފުރަތަމަ ލަނޑު
4 ޑިސެމްބަރު 2022

ލިއޮނެލް މެސީގެ 1،000 ވަނަ މެޗުގައި އޮސްޓްރޭލިޔާ އަތުން އާޖެންޓީނާ 2-1 އިން މޮޅުކޮށްދޭން ލަނޑު ޖަހައިދީ، ގަތަރު ވޯލްޑް ކަޕްގެ ކްއާޓާ ފައިނަލަށް މިރޭ ގެންގޮސްދީފި އެވެ.

އެކަމަކު ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗެއްގައި އޭނާ ޖެހި ފުރަތަމަ ލަނޑާއި ދެ ވަނަ ހާފުގައި ޖޫލިއަން އަލްވަރޭޒް ކާމިޔާބުކޮށްދިން ލަނޑުން، ދުނިޔޭގެ ފުޓްބޯޅާގައި އަދި އެހާ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ނުހިމެނޭ އޮސްޓްރޭލިޔާ އަތުން މޮޅުވެވުނީ، ވަރުގަދަ ފަހު ހާފެއްގައި ބޮޑެތި އުނދަގޫތަކަށް ފަހު އެވެ.

އޮސްޓްރޭލިޔާގެ ކްރެއިޖް ގުޑްވިން ދުރުން ފޮނުވާލި ބާރު ބޯޅަ، އާޖެންޓީނާގެ އެންޒޯ ފެނާންޑެޒްގެ ފައިގައި ޖެހިފައި 77 ވަނަ މިނިޓްގައި ވަން ލަނޑުން މި މެޗުން ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ ކަމަށް ބެލެވުނެވެ. އެގޮތުން އޭގެ އިރުކޮޅެއް ފަހުން އޮސްޓްރޭލިޔާގެ ދިފާއީ ކުޅުންތެރިޔާ އަޒީޒް ބެހިޗު އަރިމަތިން ބާރު ދުވުމެއްގައި، ތިން ކުޅުންތެރިން ކަޓުވާފައި އޭރިޔާ ތެރެއިން ގޯލަށް ފޮނުވާލި ބޯޅަ މަތަވީ، އާޖެންޓީނާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފަ އެވެ.

މެސީގެ ފުޓްބޯޅަ ނަންބަރު

  • 1،000: ކުޅުނު މެޗުގެ އަދަދު

  • 789: ޖެހި ލަނޑުގެ ޖުމްލަ

  • 169: އާޖެންޓީނާގެ ގައުމީ ޓީމަށް

  • 100: އާޖެންޓީނާގެ ކެޕްޓަނެއްގެ ގޮތުން

  • 94: އާޖެންޓީނާއަށް ޖަހައިދިން ލަނޑު

  • 778: ބާސެލޯނާއަށް ކުޅުނު މެޗު

  • 672: ބާސެލޯނާއަށް ޖެހި ލަނޑު

އާޖެންޓީނާގެ ނަސީބު، މި ވޯލްޑް ކަޕްގައި ގަދަކަން އެނގުނީ އެންމެ ފަހު ސިކުންތުކޮޅުގައި އޮސްޓްރޭލިޔާގެ އުމުރުން އެންމެ 18 އަހަރުގެ ގަރާންޖް ކުއޮލް ގޯލަށް ފޮނުވާލި ބޯޅަ ކީޕަރު މިލާނޯ މާޓިނޭޒް މަތަކުރި ގޮތުންނެވެ. މިއީ ވަން ނަމަ ވޯލްޑް ކަޕްގެ އެންމެ ހަނދާނުން ފޮހެލަން އުނދަގޫ ލަނޑަށް ވީހެވެ. އެކަމަކު ދުނިޔޭގެ އެންމެ މޮޅު ކީޕަރުންގެ ތެރޭގައި ހިމެނޭ މާޓިނޭޒް، އެ ފުރުސަތެއް ނުދިނެވެ.

ފަހު 10 މިނިޓް ތެރޭގައި މެސީ ވެސް އޭނާގެ ފުޓްބޯޅައިގެ ޖާދުލުގެ ތެރޭގައި ހިމެނޭ ހުނަރުތައް ފެނުނެވެ. އިތުރު ލަނޑުތަކެއް އުފެއްދޭ ވަރަށް ހަމަލާތައް ދީ، އެހެން ކުޅުންތެރިންނަށް ހުސް ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްދިނެވެ. އެކަމަކު މެސީ އާޖެންޓީނާގެ ކެޕްޓަނެއްގެ ގޮތުން ކުޅުނު 100 ވަނަ މެޗުގެ ނަތީޖާއަކީ 2-1 އަށް ވެ ނިމުނީ އެވެ.

މިރޭ މެސީ ޖެހި ލަނޑާ އެކު ވޯލްޑް ކަޕްގައި އޭނާގެ ލަނޑުގެ ޖުމްލަ ނުވަޔަކަށް އެރީ އެވެ. މިއީ އާޖެންޓީނާގެ ޑިއެގޯ މެރެޑޯނާ ޖެހި އަށް ލަނޑަށް ވުރެ އިތުރުވުމެވެ. އާޖެންޓީނާއަށް ވޯލްޑް ކަޕްގައި އެންމެ ގިނަ ލަނޑު ޖަހައިދީފައި ވަނީ ގެބްރީލް ބަޓިސްޓޫޓާ އެވެ. ޖުމްލައަކީ 10 އެވެ.

ކްއާޓާ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ ނެދަލެންޑްސްއާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް