Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

އިކުއޭޓިކް ވައިބް: ޗަނާޗާގައި ބޭންޑްގެ އިތުރު ހިތްގައިމު މަސައްކަތްތައް ފެނިގެންދާނެ

މިއުޒިކް

އިކުއޭޓިކް ވައިބް: ކަމުދަނީ ހިތްގައިމުވީމަ

އޮރިޖިނަލް ލަވަތައް އުފައްދާ މަގްބޫލު މި ބޭންޑްގެ އާ 4 ލަވައެއް ޗަނާޗާއިން ފެންނާނެ
23 އޮކްޓޯބަރު 2022

މުހިންމު ނުކުތާތައް

އިކުއޭޓިކް ވައިބްގެ ފަންނާނުން ހެނދުނު ހެނދުނާ މަސައްކަތް ފަށައިގަނޭ

އާއްމުންގެ ސަމާލުކަން އެންމެ ބޮޑަށް ލިބުނީ ޝައްމޫންގެ ހިތްގައިމު އަޑުން ކިޔާފައިވާ ލޯބީގެ ލަވަތަކަށް

އެހެނިހެން ރަހަތަކުގެ ރީތި ލަވަތަކެއް ވެސް ބޭންޑުން ވަނީ ގެނެސްދީފައި

ހެނދުނުގެ އައްޔާއި ކޮފީގެ ވަހާއި ލައިވް މިއުޒިކެވެ. ރަނގަޅު ކޮމްބިނޭޝަނެެކެވެ. ބައިސްކޯފުގެ ސްޓޫޑިއޯ ތެރެއިން އިވެމުން އަންނަނީ އިކުއޭޓިކް ވައިބްގެ ޝައްމޫން މުހައްމަދު އޭނާގެ ހިތްގައިމު އަޑުން ކިޔާލާ ރީތި ލަވަ އެކެވެ. ކަންފަތުގައި މިއުޒިކާ އެކު އެ އަޑު ޖެހުމުން މުޅި ދުވަހުގެ ބާކީ ރަނގަޅުވާނެކަމުގެ އިހްސާސެއް ކުރެވޭ ކަހަލަ އެވެ.

އާއްމުންގެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ އިކުއޭޓިކް ވައިބްގެ ލީޑުގައި ތިބީ ދެބެއިންނެވެ. ލީޑް ވޯކަލިސްޓް އަދި ގިޓަރިސްޓް ޝައްމޫން އާއި އޭނާގެ ކޮއްކޮ، ބޭސިސްޓް އަހުމަދު އަމީން މުހައްމަދެވެ. ބޭންޑްގައި ދެން ތިބެނީ ޑްރަމަރު އާދަމް ޝިނާނާއި ލީޑް ގިޓަރިސްޓް އަހުމަދު ފައިރޫޒާއި މިފަހުން އަލަށް ގުޅުނު އެކަމަކު ސަޕްރައިޒެއްގެ ގޮތުގައި ބޭއްވުމަށް އަދި ނަން ހާމަ ނުކުރާ، ތަޖުރިބާ ހުރި މިއުޒީޝަނެކެވެ.

އިކުއޭޓިކް ވައިބް އިން ބައިސްކޯފާ އެކު އެގްރީމަންޓެއްގައި ސޮއި ކުރަނީ (ފޮޓޯ/ބައިސްކޯފު)

އިކުއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމަކީ ހަތް ލަވައާ އެކު 2016 ވަނަ އަހަރު ނެރުނު 'ކުލަތައް' އެވެ. ދެވަނަ އަލްބަމް 'މަގޭ އީޕީ' ގައި އިނގިރޭސި ލަވައެއް ވެސް ހިމެނެ އެވެ.

ޗަނާޗާގައި ބައިވެރިވާ އެހެން ބޭންޑްތަކާ އިކުއޭޓިކް ވައިބް ތަފާތުކަން ފާހަގަވި އެއް ކަމަކީ، ބޭންޑް ޕްރެކްޓިސް ކުރާ ވަގުތެވެ. އެހެން ހުރިހާ ބޭންޑެއް ދުވަހުގެ ފަހު ބައިގައި ޕްރެކްޓިސް ކުރިޔަސް، އިކުއޭޓިކް ވައިބް އިން ވަނީ ހެނދުނުގެ ތާޒާކަންމަތީ، ދުވަހުގެ ވަރުބަލިކަން އިހްސާސްވުމުގެ ކުރިން، ޕްރެކްޓިސް ކުރަން އާދަކޮށްފަ އެވެ. 

ބޭންޑްތަކުން ފެންނަ މޫނުތައް ބަދަލުވުމަކީ، ރާއްޖޭގެ އިތުރުން ބޭރުގެ ބޭންޑްތަކުގައި ވެސް ވާ ކަމެވެ. ޝައްމޫން ފާހަގަ ކުރީ މިހާރުގެ ލައިންއަޕް ހާއްސަ ކަމުގަ އެވެ.

"ވަރަށް ވޯކް ޑްރައިވް ރަނގަޅު ލައިންއަޕެއް މިހާރު މި އޮތީ. އަބަދުވެސް ތައްޔާރީތައް ވާއިރު އަދި އަލްބަމްގެ މަސައްކަތް ކުރަނީ ހެނދުނުގެ ވަގުތު. އެއީ މައިންޑް އެންމެ ފްރެޝް ވާނީ ހެނދުނު ގަޑީގައި ކަމުން،" ޝައްމޫން ބުންޏެވެ.

އިކުއޭޓިކް ވައިބްގެ ލަވަތަކަކީ ބޭންޑުގެ އެންމެންގެ ހިޔާލުތައް އެކުލެވިގެން ނެރޭ ކްރިއޭޓިވް މަސައްކަތްތަކެއް ކަމުގައި ވިޔަސް އެ ލަވަތަކުގެ ޅެން ހަދަނީ ޝައްމޫން އެވެ. 

އިކުއޭޓިކް ވައިބް: ހަފްތާއަކު ހަތަރު ދުވަހު ރިސޯޓް މިއުޒިކް ކުޅޭ

އުފެދުނީއްސުރެ ވެސް އަމިއްލަ ރާގަށް ފޯކަސް ކުރާ އިކުއޭޓިކް ވައިބުން ހަފްތާއަކު ތިން ރޭ ބޮލިފުށި ރިސޯޓުުގައި އަދި އެއް ރޭ ހާޑްރޮކް ހޮޓެލްގައި މިއުޒިކް ކުޅެ އެވެ. ކްރޮސްރޯޑްސްގައި ހުންނަ ހާޑްރޮކް ހޮޓެލްގައި ޝޯ ދޭތީ ދިވެހިންނަށް ވެސް އެ ބޭންޑުގެ ޕާފޯމެންސްތައް ބަލައިލަން ދާން ފަސޭހަ އެވެ.

ޖަރުމަނުގައި ބާއްވާ، ފަތުރުވެރިކަމާ ގުޅޭ ދުނިޔޭގެ އެންމެ ބޮޑު ފެއާ އައިޓީބީގައި ވެސް ދެ ފަހަރަކު އިކުއޭޓިކް ވައިބް އިން ޝޯ ދީފައިވެ އެވެ.

އިކުއޭޓިކް ވައިބްގެ ފުރަތަމަ އަލްބަމަކީ 'ކުލަތައް'
އިކުއޭޓިކް ވައިބް: ރިސޯޓް މިއުޒިކުން އާމްދަނީ ހޯދަމުން އަންނަ ބޭންޑެއް

ބޭންްޑްގެ އެންމެ ބޮޑު ބާރެއްގެ ގޮތުގައި ޝައްމޫން ފާހަގަ ކުރީ އެކަކު އަނެކަކާ އޮންނަ ގުޅުމެވެ. 

"ކަނެކްޝަން އޮވޭ. މަސައްކަތުގެ އިތުރުން އެއްކަހަލަ ޕެޝަނެއް އެންމެންގެ މި އޮންނަނީ،" އޭނާ ބުންޏެވެ.

ލޯބީގެ ރީތި ރާގުތަކެއް

ޝައްމޫން 'ގެއްލިފާ' ކިޔަނީ

ފޭނުންގެ ސަމާލުކަން ބޭންޑަށް ހޯދީ ޝައްމޫންގެ ސާދާ ޅެންވެރިކަން ހިމެނޭ އިޝްގީ ލަވަތަކުންނެވެ. 'ގެއްލިފާ' އަކީ އެފަދަ ރީތި އެއް ލަވަ އެވެ. ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ލޯބި ބޮޑު ދައުރެއް އަދާ ކުރާ އިރު ގިނަ މީހުންނަށް ލޯބީގެ ލަވަތައް ގަޔާވެގެން އަޑުއަހާލެވެ އެވެ. އެކަމަކު އިކުއޭޓިކް ވައިބް އިން ހަދާފައިވަނީ ލޯބީގެ ލަވަތައް އެކަންޏެއް ނޫނެވެ. ރާއްޖޭގެ ރީތިކަން ކިޔައިދޭ 'މަގޭ ރާއްޖެ' އަކީ އޭގެ އެއް ހެއްކެވެ.

"އެންމެ ފުރަތަމަ ލަވަ ހަދަން ފެށި އިރު ލޯބީގެ ލަވަތަކެއް ހެދިން. އަލްބަމްތަކުގައި ވެސް ނުހުންނާނެ ހުސް ލޯބީގެ ލަވައެއް. ބަލަނީ މީހުންނަށް އަބަދުވެސް ތަފާތު އެއްޗެއް ގެނެސްދެވޭތޯ،" ޝައްމޫން ބުންޏެވެ.

ރާއްޖޭގެ ރީތިކަން ބަޔާންކޮށްދޭ 'މަގޭ ރާއްޖެ'

ޗަނާޗާގައި އާ ލަވަތަކެއް

އިކުއޭޓިކް ވައިބްގެ ބޭސިސްޓް އަމީން ބައިސްކޯފުގެ ސްޓޫޑިއޯގައި

އިކުއޭޓިކް ވައިބް އެންމެ ފަހުން ބޮޑު ޝޯއެއް ދީފައިވަނީ އައްޑޫގަ އެވެ. ބޭންޑްގެ އޮތީ ވަފާތެރި ފޭން ބޭސްއެކެވެ. ޝައްމޫން ބުނި ގޮތުގައި ބައެއް ފޭނުން އިކުއޭޓިކް ވައިބް ކޮންމެ ތަނެއްގައި ކުޅުނަސް ބަލާލަން ދެ އެވެ.

"ޝޯތަކުގައި އެންމެ އުފާވަނީ އަހަރެމެންގެ އަމިއްލަ އޮރިޖިނަލް ލަވަތަކަށް ރިކުއެސްޓް އަންނާތީ،" ފަހުރުވެރިކަމާ އެކު އޭނާ ބުންޏެވެ.

ހުޅުމާލޭ ދަނޑުގައި އަންނަ ހޮނިހިރު ދުވަހު އޮންނަ ޗަނާޗާ މިއުޒިކް ފެސްޓިވަލްގައި އިކުއޭޓިކް ވައިބްގެ އާ ހަތަރު ލަވައެއް އަޑުއިވޭނެ އެވެ. އަދި ޝައްމޫން ބުނި ގޮތުގައި އެ ލަވަތަކުގެ އިތުރުން ވެސް އަމިއްލަ ލަވަތަކެއް އުފެއްދުމުގެ މަސައްކަތް ބޭންޑުން އަންނަނީ ކުރަމުންނެވެ.

'ގުޑް ވައިބްސް'

ބައިސްކޯފުގެ ސްޓޫޑިއޯގައި ޝައްމޫން ލަވައެއް ފަރިތަކުރަނީ (ފޮޓޯ/ބައިސްކޯފު)

މިފަހުން އިކުއޭޓިކް ވައިބުން ތަފާތު ކަމެއް ކޮށްލި އެވެ. އިންސްޓަގްރާމުން އެމީހުންގެ ލޮލުގައި އަޅައިގަތީ ހަލާލުވެފައި އޮތް ގިޓައެއް ކުޅޭ ކުޑަކުއްޖެކެވެ. އެއާއެކު ބޭންޑްގެ ފަރާތުން އެކުއްޖާއަށް، ޝައްމޫންގެ އަތުގައި އޮތް އިތުރު ގިޓާއެއް ދިނީ އެވެ.

ޝައްމޫން ބުނިގޮތުގައި ކުޑަކުދިންނަށް އަދި މިއުޒިކަށް ޝައުުގުވެރިވާ މީހުންނަށް އެހީތެރިވާން ބޭންޑުން ބޭނުންވެ އެވެ.

"ވަރަށް އުފާވި. އެކުއްޖާ އަދި އެކުއްޖާގެ ބަައްޕަ ވެސް ހުރީ ޝޮކެއްގައި. އެމީހުން އެކްސްޕެކްޓެއް ނުކުރޭ އެކަހަލަ ކަމެއް ވެދާނެ ކަމަކަށް،" ޝައްމޫން ބުންޏެވެ.

މިއީ އެމީހުންގެ އިންސްޓަގްރާމްގައި އަމިއްލަ އަށް ބޭންޑް ސިފަކޮށްފައިވާ 'ގުޑް ވައިބްސް، ގުޑް ޓައިމްސް'ގެ ޝިއާރާ ވެސް ގުޅޭ ކަމެކެވެ. ހިތްގައިމެއް ނޫން ހެއްޔެވެ؟

އިތުރު އާޓިކަލް

އިތުރު އާޓިކަލް