އުރީދޫ ފޭން ޒޯންތައް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/އުރީދޫ)

އުރީދޫ

ވޯލްޑް ކަޕްގެ ތަޖުރިބާ ފުރިހަމަކޮށްދޭން އުރީދޫން 213 ފޭން ޒޯން ހަދައިފި

21 ނޮވެމްބަރު 2022

ފީފާ ވޯލްޑް ކަޕްގެ އުފާވެރި ތަޖުރިބާއެއް ހޯދައިދީ، ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުމުގެ ގޮތުން އުރީދޫން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހެދި ފޭން ޒޯންތައް އިއްޔެ އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ކަޕާ ގުޅުވާ އުރީދޫން އިފްތިތާހުކުރި 213 ފޭން ޒޯނަކީ ކައުންސިލްތަކާއި ވިޔަފާރިތަކާއި ޖަމިއްޔާތައް ގުުޅިގެން ހަދާފައިވާ ތަންތަނެވެ. މި ފޭން ޒޯންތައް ގާއިމްކުރަން އުރީދޫއާ ބައިވެރިވީ:

  • މީޑިއާނެޓް

  • މޯލްޑިވްސް އިސްލާމިކް ބޭންކް

  • އެލައިޑް އިންޝުއަރެންސް

  • މާލެ ސިޓީ ކައުންސިލް

  • ރަށު ކައުންސިލްތައް

  • ކެފޭތައް

  • ޒުވާނުން ބާރުވެރި ކުރާ ޖަމިއްޔާތައް

ތަފްސީލް - އުރީދޫގެ ފޭން ޒޯންތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދީ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ. މާލޭ އާޓިފިޝަލް ބީޗުގައި ބޭއްވި މި ރަސްމިއްޔާތެއްގައި ފޭން ޒޯންގެ ބައިވެރިންގެ އިތުރުން އުރީދޫ ފުޓުބޯޅަ ފޯރި ކެމްޕެއިންގެ ޕާޓްނަރުން ވެސް ބައިވެރިވި އެވެ.

އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދް އަލް ހަމަދީ ވާހަކަދައްކަވަނީ. (ފޮޓޯ/އުރީދޫ)

މި ފޭން ޒޯންތަކުގައި އެކުވެރިންނާއި އާއިލާއާ އެކު މެޗުތަކާއި އެހެނިހެން ހަރަކާތްތައް ހިންގުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އުރީދުން ބުންޏެވެ.

މި ހަރަކާތުގެ އިތުރުން އުރީދޫން ވަނީ ފުޓުބޯޅަ ފޯރީގެ ނަމުގައި ވޯލްޑް ކަޕާ ގުޅުވާ ހާއްސަ އޮފާތަކެއް ފަށާފަ އެވެ. މި އޮފާތަކަކީ:

  • ވޯލްޑް ކަޕް ޕެކް މެދުވެރިކޮށް މެޗުތައް ބަލަން 100 ޖީބީ ޑޭޓާ

  • މީޑިއާނެޓް އެޕަށ 30 ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން 250ރ.

  • ގޯލް އެޕުގައި އުރީދޫ ލީގުގައި ބައިވެރިވެ އަގުހުރި އިނާމުތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް