Majlis 2024

ހިޔާ ފްލެޓުގައި ގާއިމުކުރި ޒުވާނުންގެ މަރުކަޒު. (ފޮޓޯ/އެޗްޑީސީ)

ހިޔާ ފްލެޓްތައް

ހިޔާ ފްލެޓުގައި ހެދި ޒުވާނުންގެ މަރުކަޒު މާދަމާ ރޭ ހުޅުވަނީ

އެ މަރުކަޒު ހުންނާނީ ހިޔާގެ އެޗް-10 ޓަވަރުގައި
14 އޯގަސްޓު 2022

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ބޮޑު އާބާދީއެއް ދިރިިއުޅެމުން އަންނަ ހިޔާ ފްލެޓުގައި ގާއިމްކުރި ޒުވާނުންގެ މަރުކަޒު މާދަމާ ރޭ ހުޅުވާ ގޮތަށް ހަމަޖައްސައިފ ި އެވެ.

ވީ ކިހިނެއް؟ - ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށް ގާއިމުކުރި މި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ފެށީ މިދިޔަ ޖޫން މަހު އެވެ. މިއީ ޔޫތު މިނިސްޓްރީގެ ފަރާތުން ގާއިމުކުރި ތަނެކެވެ.

ތަފްސީލް - އެޗްޑީސީން މިއަދު ސޯޝަލް މީޑިއާގައި ބުނީ އެ މަރުކަޒު ހުންނާނީ ހިޔާގެ އެޗް-10 ޓަވަރުގައި ކަމަށެވެ. އެ ތަނުން ބުނީ ޒުވާނުންގެ މަރުކަޒު ހުޅުވުމާ އެކު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ޒުވާނުންނަށް މާޖާކޮށްލައި ގާތް މީހުންނާ އެކު އުޅެވޭނެ ހިތްފަސޭހަ މާހައުލެއް ލިބިގެންދާނެ ކަމަށެވެ.

އެ މަރުކަޒުގައި ތަފާތު ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އޭގެ ތެރޭގައި:

  • ކެރަމް

  • ޓޭބަލް ޓެނިސް

  • ޓޭބަލް ފުޓްބޯލް

  • ބިލިއާޑް

  • ރާޒުވާ

އެނގުން މުހިއްމު - ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުގައި މީހުން އާބާދުވާން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. ގާތްގަނޑަކަށް 30،000ގެ އާބާދީއެއް އެ ތަނުގައި އުޅެމުން އަންނައިރު، އެ ސަރަހައްދުގައި އަސާސީ ހިދުމަތްތައް ގާއިމުވެފައި ނެތުމަކީ އެތައް ބަޔަކު ކުރަމުންދާ ޝަކުވާ އެކެވެ.

ސަރުކާރުން އަންނަނީ މަޑުމަޑުން އެ ސަރަހައްދުގައި އާއްމު ހިދުމަތްތައް ގާއިމްކުރަމުންނެވެ. އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ހުޅުމާލޭ ދެ ވަނަ ފޭސްގައި ގިނަ މަޝްރޫއުތަކެއް ހިންގަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ކުރިން ވިދާޅުވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އައުޓްޑޯ ވޮލީ ކޯޓެއް އެޅުން

  • ހޭންޑް ބޯޅަ ކޯޓެއް އެޅުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް