ޖަމާލުއްދީން ސްކޫލް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ޖަމާލުއްދީން ސްކޫލަށް ވަދެ މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި
ޖަމާލުއްދީން ސްކޫލަށް މިއަދު ވަދެ، މާރާމާރީ ހިންގަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނިގޮތުގައި ޖަމާލުއްދީން ސްކޫލަށް ވަދެ މީހަކު މަރާމާރީ ހިންގަން އުޅުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކުރީ މިއަދު ހެނދުނު 8:49 ގަ އެވެ.
ތަފްސީލް - ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ 37 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. މާރާމާރީ ހިންގަން އުޅުނީ ކާކާ ކަމެއް ފުލުހުން ނުބުނެ އެވެ.
އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރީ ކުށުގެ ރެކޯޑެއް އޮންނަ މީހެކެވެ.
"މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން،" މީޑިއާތަކަށް ފޮނުވި މެސެއްގައި ފުލުހުން ބުނެފައިވެ އެވެ.
ޖަމާލުއްދީން ސްކޫލުންނާއި އެޑިއުކޭޝަން މިނިސްޓްރީން މި ހާދިސާއާ ބެހޭގޮތުން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.