އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ: މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

އައްޑޫ

އައްޑޫ ބިން ހިއްކަން ނެދަލެންޑްސްގެ ކުންފުންޏަކާ ހަވާލުކޮށްފި

މި އެއްބަސްވުމުގެ ދަށުން އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކާނެ؛ މި މަޝްރޫއަށް އީޕީއޭއިން އަދި ހުއްދައެއް ނުދޭ
27 މާރިޗު 2022

ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކުން ދެކޮޅު ހަދަމުން އަންނަ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަން ނެދަލެންޑްސްގެ ކުންފުންޏަކާ މިއަދު ހަވާލުކޮށް އެ ކުންފުންޏާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމްކުރި ޕޮލިސް އެކަޑެމީ ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު އެ ތަނުގައި ވަނީ އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. އެގޮތުން އެ މަޝްރޫއު ހިންގަން ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ އެވެ. 

އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި:

  • ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދު

  • ވެން އޫޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓާ ޑްރެޖިން ކޮނީލިއަސް އެޑްރިއާން ޑި ބްރުއިން

އައްޑޫގެ ބިން ހިއްކުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަނީ: މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑްއާ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

ތަފްސީލް - އެ އެއްބަސްވުމުގެ ދަށުން އައްޑޫގައި 194.3 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއްގެ ދަށުން ހިންގާ މަޝްރޫއެކެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު:

  • އައްޑޫގެ ތިން ރަށަކުން ބިން ހިއްކާނެ 

  • އައްޑޫ ފަޅުތެރެއިން ރިސޯޓު ހަދަން މުޅިން އަލަށް ފަސް ރަށެއް އެމްޓީސީސީން ހިއްކާނެ؛ އެއީ 8.3 ހެކްޓަރުގެ ބިން

  • މި މަޝްރޫއޫގެ ސަބަބުން ކުރިއަށް އޮތް 50 އަހަރަށް އައްޑޫގައި ބިމުގެ މައްސަލަ ހައްލުވާނެ ކަމަށް ބުނޭ

  • ހިތަދޫން 94 ހެކްޓަރުގެ ބިން ހިއްކާނެ

  • މަރަދޫ އަދި މަރަދޫ ފޭދޫން 76 ހެކްޓަރުގެ ބިން ހިއްކާނެ

  • ހިއްކާ ސަރަހައްދުތަކުގައި ކަނޑުތޮށިލުމުގެ މަސައްކަތް ވެސް ކުރާނެ

އައްޑޫއިން ހިއްކަން ނިންމާފައިވާ ސަރަހައްދުތަކާއި ވެލި ނަގަން ހަމެޖެހިފައިވާ ސަރަހައްދުތަކާއި ތިމާވެށީގެ ގޮތުން ނާޒުކު ސަރަހައްދުތައް (ދައުރު އިންފޮގްރެފިކްސް/ތުހުފާ އާތިފް)

ފާހަގަކޮށްލެވޭ ކަމެއް - މި މަޝްރޫއުގެ ސަބަބުން އައްޑޫގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެތީ އެ މަޝްރޫއު ވީހާ ވެސް ބޮޑަކަށް ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށް އީޕީއޭއިން ވަނީ އެދިފަ އެވެ. އެހެންވެ، އެ މަޝްރޫއަށް އަދި އީޕީއޭއިން ހުއްދައެއް ވެސް ނުދެ އެވެ.

އެ މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގެއްލުންތަކަކީ:

  • ވެލި ނެގުމުން އުފެދޭ ކިސަޑުގެ ސަބަބުން މުރަކަ އާއި މަސްތައް މަރުވާން ދިމާވާނެ 

  • 21 ހެކްޓަރުގެ މުރަކަ އާއި 120 ހެކްޓަރުގެ މޫދުވިނަ މައްޗަށް ވެލި އެޅި ނެތިގެންދާނެ 

  • އައްޑު އަތޮޅަކީ ބަޔޮސްފިއާ ރިޒާވަކަށް ވާއިރު މަޝްރޫއުގެ ސަބަބުން މުޅި ރިޒާވް ހަލާކުވެގެންދާނެ 

  • އައްޑޫގެ ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ މާކަނޑު (މަންޓާ ޕޮއިންޓް)، ކުޑަކަނޑު އަދި ޝިޕްރެކްއަށް ގެއްލުންވާނެ

  • އެ ސަރަހައްދުން މިޔަރާއި މަންޓާ ފަދަ ދިރުންތައް މަދުވެއްޖެ ނަމަ އައްޑޫގެ ޓޫރިޒަމަށް 17-27.4 މިލިއަން ޑޮލަރުގެ ގެއްލުންވާނެ 

  • ކަނޑު ކިލަނބުވެ، ދިރުންތައް މަރުވާން ފެށުމުން އެންވެރިކަމަށް އަސަރުކޮށް މަސްވެރިންނަށް ދަތިވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް