ސިނަމާލެ ބްރިޖު: މި ބްރިޖާއި ހައިވޭގައި ދޭތެރެ ދޭތެރެއިން ނުރައްކާތެރި އެކްސިޑެންޓް ހިނގާ

ރޭ ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާ މަރުވެއްޖެ

ފުލުހުން ބުނަނީ 21 އަހަރުގެ ޒުވާނާ ވެއްޓުނީ ސައިކަލްގައި ބާރަށް ދަނިކޮށް ބެލެންސް ކަޓައިގެން ކަމަށް
19 ޖެނުއަރީ 2022

ރޭގެ ވަގުތެއްގައި ސިނަމާލެ ބުރިޖުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ އެކްސިޑެންޓުގައި މަރުވީ ހައިކަލް އިސްމާއިލް، 21، ސ. ހުޅުދޫ، ސޯސަން އެވެ. އޭނާ މަރުވީ ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް، މިއަދުގެ ވަގުތެއްގަ އެވެ.

ތަފްސީލު - ފުލުހުން ބުނީ ހުޅުމާލެއިން މާލެއަށް ސައިކަލްގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބުނީ ރޭ 7:57 ހާއިރު ކަމަށެވެ.

ހައިކަލްއަށް އަނިޔާވީ، ފުލުހުން ބުނި ގޮތުގައި، ބާރު ސްޕީޑުގައި ދަނިކޮށް ބެލެންސް ކަޓައި، ވެއްޓިގެންނެވެ.

އޭނާގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިރޭ 11 ޖަހާއިރު، މާލޭ އާ ސަހަރާ މިސްކިތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް