އެލައިޑް އިންޝުއަރެންސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. (ފޮޓޯ/އެލައިޑް އިންޝުއަރެންސް)
އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއިން %50 ޑިސްކައުންޓް
އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ އަޔާދީއިން ފޯރުކޮށްދޭ ޗައިލްޑް އެޑިއުކޭޝަން ތަކާފުލްއިން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް އިއުލާންކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ ޕްރޮމޯޝަން އިއުލާންކުރީ މިއަދު އެލައިޑް އިންޝުއަރެންސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ތަފްސީލު - މި ޕްރޮމޯޝަން ކުރިއަށްގެންދަން ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން ޖޫންގެ ނިިޔަލަށެވެ.
އެ މުއްދަތުގައި އަޔާދީގެ ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭން ގަންނަ ކަސްޓަމަރުންގެ ތެރެއިން އެންމެ ފުރަތަމަ 50 ކަސްޓަމަރުންނަށް، ޕްލޭންގެ ފުރަތަމަ މަހުގެ ޕޭމަންޓުން %50ގެ ޑިސްކައުންޓެއް ލިބޭނެ އެވެ.
ޗައިލްޑް އެޑިއުކޭޝަން ތަކާފުލް ޕްލޭނަކީ، އަޔާދީއިން ފާހަގަކުރާ ގޮތުގައި ދަރިންގެ މަތީ ތައުލީމަށް ބޭނުންވާ ފަންޑު ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ޕްލޭން އަދި ޕްރޮމޯޝަނާ ބެހޭ އިތުރު މައުލޫމާތު އެލައިޑްގެ ހިލޭ ގުޅޭ ހޮޓްލައިން ނަންބަރު 1600އަށް ގުޅައިގެން ހޯދޭނެ އެވެ.